ads
ޓްރީޓޮޕުގެ މުވައްޒަފުން--
ޓްރީޓޮޕްގައި ކާމިިޔާބުކަމާއެކު ފުރަތަމަ ފަހަރަށް ކެޓަރެކްޓް ސާޖަރީއެއް ހަދައިފި
ޓްރީޓޮޕް ހޮސްޕިޓަލުގެ އޮޕްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ފުރަތަމަ ކެޓަރެކްޓް ސާޖަރީ ކާމިޔާބުކަމާއެކު ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
Advertisement

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިމަހުގެ 14 ގައި އެ ސާޖަރީ ހަދާފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެއްގެ އެވެ. 

ކެޓަރެކްޓްއަކީ އާންމުކޮށް އުމުރުން ދުވަސްވުމާއި އަދި ލޮލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ނުވަތަ ގްލޮކޯމާ ބަލީގެ ސަބަނުންވެސް ލޮލަށް ޖެހޭ ބައްޔެކެވެ. އެ ބަލީގެ ސަބަބުން ލޯ ފުސްވެ ލޮލުގެ ފެނުމަށް ބަދަލު އާދެއެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ލޮލުގެ ހާއްސަ ޑޮކްޓަރު، ޑރ. އަދިތްޔާ އެގޭ އެވެ. އަދި ޑރ. އަދިތުޔާ އާއެކު ހޭނައްތާ ޑޮކްޓަރުންނާއި އޮޕަރޭޝަނަށް ހާއްސަ ނަރުހުންގެ ޓީމެއް ހަރަކާތްތެރިވި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. 

ޑރ. އަދިތުޔާ ވިދާޅުވާ ގޮތުގައި އެ ޕޭޝަންޓު ހޮސްޕިޓަލަށް ގޮސްފައި ވަނީ މީގެ ދެ މަސް ކުރިން ލޮލަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުންނެވެ. އަދި އޮޕަރޭޝަނަށް ފަހު، އޭނާގެ ފެނުމަށް އިތުރު ކުރިން ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރީޓޮޕުން ބުނީ ޑރ. އަދިތްޔަ ރެގޭއަކީ ޓަރިޖީއަމް ސާޖަރީ، ފަކައިމޮލްސިފިކޭށަން، ކަލޭޒިއަން ސަޖަރީ، ހަކުރު ބަލީގެ ސަބަބުން ދިމާވާ ލޮލުގެ ބަލިތަކަށް އަދި ގްލޮކޯމާ ބަލިތަކަށް ހާއްސަ ތަމްރީން ލިބިފައިވާ ތަޖުރިބާކާރު ކޮންސަލްޓަންޓެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;