ads
ހަމަނުޖެހުން ހިންގި 22 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ވ. އަތޮޅުގެ ރިސޯޓެއްގައި ހަމަނުޖެހުން ހިންގި ބިދޭސީން ތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
Advertisement

ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭ ވ. އަތޮޅުގެ ރިސޯޓެއްގައި ހަމަނުޖެހުން ހިންގި 22 ބިދޭސީން ނެވެ.

އެގޮތުން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާސް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރޭ ހިނގި އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެ އެވެ. އެހެން ނަމަވެސް އެ މީހުންގެ ސުޕަވައިޒަރުގެ ކޮޓަރިއަށް ހަމަނުޖެހުމުގެ ތެރެއިން ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ވަނީ އެމީހުންގެ ސްޕޮންސާ މައްސަލަ ހައްލުކުރުމަށް އެމީހުންނާއި ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ. 

މިފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދަނީ ގިނަ ހަމަނުޖެހުންތަކެއް ހިންގާ މުޒާހަރާ ކުރަމުންނެވެ. މީގެ ބައެއް ހަމަނުޖެހުން ތަކުގައި ފުލުހުންނަށާއި ފުލުހުންގެ އުޅަދުފަހަރަށްވެސް ވަނީ ގެއްލުން ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;