ads
ޗަމްޕާ ބްރަދާސްއަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފަ ފޮޓޯ:--
ޗަންޕާ ބުރަދާސްއަށް މަނީ ލޯންޑަގެ ތުހުމަތު ކޮށްފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަނީލޯންޑަ ކުރުމުގައި ބައިވެރިވުމުގެ ތުހުމަތު ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ޗަންޕާ ބުރަދާސްއަށް ކޮށްފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ޗަންޕާ ބުރަދާސްއަށް މިދިޔަ މާޗް މަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުނިން އެކި ފަހަރު މަތިން ޗަންޕާ ބުރަދާސް އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އެ ފައިސާގެ މުއާމަލާތަކީ މަނީ މަނީލޯންޑިން އަދި ޓެރަރިޒަމްއަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ ދަށުން ތުހުމަތު ކުރެވޭ ކުށަކަށް ވުމުން އެކަމަށް ޖަވާބުދާރީ ވުމަށް ކުންފުނީގެ ފަރާތުން ފަރާތެއް އައްޔަން ކުރުމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ކުރާ ތުހުމަތަށް ޗަންޕާ ބްރަދާއިން އެއްޗެއް ބުނެފައި ނުވި ނަމަވެސް ސީއެންއެމް އަށް މައުލޫމާތިު ލިބިފައިވާ ގޮތުގައި އެކުންފުނިންގ ވަނީ އެސްއޯއެފް އާއި އެކުންފުންޏާ ދެމެދު ކުރެވުނު ހުރިހާ މުއާމަލާތެއްގެ ތަފްސީލާއި ޑޮކިއުމަންޓްތައް ކޮމިޝަނާ ހިއްސާކޮށްފަ އެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ދިވެހި ދައުލަތުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މުހައްމަދު އައްލާމު ލަތީފާއި ހަވާލާދީ އާއްމު ވެފައިވާ ބަޔާންތަކުގައި ބުނެފައިވަނީ ދައުލަތަށް އެކުއިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން 3.5 މިލިޔަން ޑޮލަރު ޗަންޕާ ބްރަދާސް ދިން ކަމަށެވެ. އަދި މީގެ އިތުރުން ޕްރޮމިސަރީ ނޯޓް، އެސްއޯއެފް އިން ޗަންޕާ ބަރަދާސްގެ ނަމުގައިވާ ޗެކް 19.8 މިލިޔަން ދިވެހި ރުފިޔާގެ ޗެކް ޗަންޕާ ބްރަދާސް އާއި ހަވާލުކޮށްފައިވާ ކަމަށެވެ. 

އެކުންފުނީގެ ފަރާތުން އެ ޗެކާއި ހަވާލުވެފައިވާނީ ދި އެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ ކަމަށެވެ. އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން މިހާރު އާއްމް ކޮށްފައިވާ ރިޕޯޓްގައި 281 ފަރާތެއް ނަން ހިމަނާފައިވާ އިރު އޭގެތެރެއިން 176 ފަރާތަކީ އެކޮމިޝަނުން މިހާތަނަށް ސުވާލު ވެސް ކޮށްފައިވާ ފަރާތްތަކެއް ނޫނެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް