ads
ހުވާކުރުމުގެ ރަސްމިއްޔާތު ތެރެއިން——
ޑރ. މުއިއްޒު މޭޔަރުކަމުގެ ހުވާކުރައްވައިފި
މިއަހަރު އިންތިހާބު ކުރެވުނު ހަތަރުވަނަ ދައުރުގެ މޭޔަރު ކަމުގެ ހުވާ މާލޭ ސިޓީ ކައުންސިލަށް އިންތިހާބު ކުރެވުނު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފި އެވެ.

މިއަހަރު އިންތިހާބު ކުރެވުނު ހަތަރުވަނަ ދައުރުގެ މޭޔަރު އަދި ކައުންސިލަރުން ހުވާ ކުރުމާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިގްރާރުވުމުގެ ރަސްމީޔާތު ބާއްވާފައިވަނީ  މިއަދު ހެނދުނު 09:00 ޖެހިއިރު އޮންލައިންކޮށެެވެ.

މޭޔަރު އަދި ކައުންސިލަރުންނަށް ހުވައި ލައިދެއްވުމާއި، ހުވާ ކުރުންއޮތީ 09:25 ގައެވެ. ހުވާލާދެއްވާފައިވަނީ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޒާ ހާތިފް ހިލްމީ އެވެ.

އޭގެފަހުން ހުވާގައި މޭޔަރާއި، ކައުންސިލަރުން ސޮއި ކުރެއްވުމާއި، ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ
އިގްރާރުގައި ސޮއި ކުރެއްވުމަށްފަހު 09:40 ގައި ރަސްމިއްޔާތު އެއްކޮށް ނިމިގެންދިޔައީ ގައުމީ ސަލާމުންނެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން 400 ގޮނޑިއާ އެކު ކައުންސިލުތަކުގެ އަގުލަބިއްޔަތު ނެގިއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް 325 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

މީގެތެރެއިންވެސް އެންމެ ހާއްސަވަނީ އެމްޑީޕީގެ ފުރިހަމަ އަގުލަބިއްުޔަތަކާއިއެކު އޮތް މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް އިދިކޮޅަށް ފުރޮޅިގެންދާ ފުރޮޅުމެވެ. ފުރަތަމަ ފަހަރަށް ސަރުކާރު މައި ޕާޓީ އެމްޑީޕީ ކަޓުވާލާ މާލޭ ސިޓީ ކައުންސިލަށް އިދިކޮޅުގެ ބޮޑު އަގުލައްބިއްޔަތަކުން ގޮޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ޓިކެޓުގައި ފުރިހަމަ އަދި ތަފާތު ބޮޑު ކާމިޔާބީއެއް ހޯދި ޑރ. މުއިއްޒުގެ މޭޔަރު ކަމުގެ ދަށުން ޒިންމާތަކާއި ހަވާލުވާ، އިދިކޮޅުގެ ބޮޑު ލަޝްކަރެކެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް