Bendtner Taxi Driver Ehge Dhaidholhi Bindhaalaifi
image
ނިކްލަސް ބެންޓްނާ ފޮޓޯ:---
0 ކޮމެންޓް
 

ބެންޓްނާ ޑްރައިވަރެއްގެ ދަތްދޮޅި ބިންދާލި މައްސަލަ ފުލުހަށް

އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ނިކްލަސް ބެންޓްނާ ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ އޭނާ ދަތްދޮޅި ބިންދާލި ކަމަށް ބުނާ މައްސަލައެއް ޑޭންމާކު ފުލުހުން ބަލަން ފަށައިފި އެވެ.
ނޯވޭގެ ކްލަބެއް ކަމުގައިވާ ރޮސެންބޯގްއާ ދާދިފަހުން ގުޅުނު ބެންޓްނާގެ މައްޗަށް ތުހުމަތު ކުރަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޓެކްސީ ޑްރައިވަރަކާ ދެމެދު ހިތް ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާ، ޑްރައިވަރުގެ ދަތްދޮޅި ބިންދާލި ކަމަށެވެ.

އުމުރުން 30 އަހަރުގެ ބެންޓްނާ މި މައްސަލާގައި ޓެކްސީ ޑްރައިވަރަށް ހަމަލާދިން ކަމަށް އިއުތިރާފުވެފައިވާއިރު އޭނާ ބުނީ އެކަން އެގޮތަށް ކޮށްފައިވަނީ އަމިއްލަ ދިފާއުގައި ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ބެންޓްނާ ހަމަލާދިނުމުގެ ސަބަބުން އަނިޔާވި ޓެކްސީ ޑްރައިވަރު މައްސަކަތް ކުރާ ކުންފުނިން މި މައްސަލާގައި ނެރުނު ބަޔާނެއްގައި ޑްރައިވަރަށް އަނިޔާވިކަން ކަށަވަރު ކޮށްދެމުން ބުނެފައިވަނީ ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބި އޭނާގެ އަނިޔާތަށް ރަނގަޅު ކުރުމަށް އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށެވެ.
ހިޔާލު