India Balikoh Dhivehi Raajje SAFF Championship Kamiyabukoffi
image
އަލީ ފާސިރު (ސެންޓޭ) ފޮޓޯ:---
0 ކޮމެންޓް
 

އިންޑިއާ ބަލިކޮށް ދިވެހި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ފައިނަލް މެޗުގައި އިންޑިއާ ބަލިކޮށް ދިވެހި ގައުމީ ޓީމުން ސާފް ސުޒުކީ ކަޕް 2018 ކާމިޔާބު ކޮށްފި އެވެ.
ދިވެހި ރާއްޖޭގެ ގައުމީ ފިރިހެން ޓީމުން މިފަހަރުގެ މުބާރާޓް ކާމިޔާބު ކުރި ފައިނަލް މެޗުގައި އިންޑިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އިބްރާހިމް ވަހީދު (ފޭދޫ އިއްބެ) ގެ ލަނޑުން ދިވެހި ޓީމުން ލަނޑީ ނަގާފައިވާއިރު ދިވެހި ޓީމުން ވަނީ ފުރަތަމަ ހާފުގައި ވަރުގަދަ ކުޅުމެއް ދައްކާ، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ ދިވެހި ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފުގައި ވެސް ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 66 ވަނަ މިނެޓުގައި ދިވެހި ޓީމަށް އަލީ ފާސިރު (ސެންޓޭ) ޖަހައިދިން ލަނޑާއެކު ދިވެހި ޓީމުން ވަނީ 2 ގޯލުގެ ލީޑަކާއެކު ހަމަޖެހިލާފައެވެ. މި މެޗު ނިމެން މިނެޓުކޮޅެއް ބާކީ އޮތްވާ އިންޑިއާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އަނބުރާލުމުގެ އުއްމީދު އާ ކުރި ކަމުގައި ވީނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިންޑިއާއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކާ އެކު އެވެ.

މި މެޗުން މޮޅުވެ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މިއީ ދިވެހި ރާއްޖޭން މި މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. ދިވެހި ރާއްޖެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކުރީ 2008 ވަނަ އަހަރު އެވެ. އެފަހަރު ވެސް ގައުމީ ޓީމުން މި މުބާރާތް ކާމިޔާބު ކުރީ ފައިނަލް މެޗުގައި އިންޑިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ހިޔާލު