Mubaarathuge Emme Molhu Kulhuntheriyakah Faisal!
image
ފައިސަލް (ޖާޒީ ނަމްބަރު 22) ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން ފޮޓޯ:---
1 ކޮމެންޓް
 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފައިސަލް!

ސާފް ޗެމްޕިއަންޝިޕް 2018 ގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ދިވެހި ގައުމީ ޓީމުގެ ގޯލް ކީޕަރ މުހައްމަދު ފައިސަލް ހޮވިއްޖެ އެވެ.
ދިވެހި ގައުމީ ޓީމުގެ ކީޕަރ ފައިސަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު އޭނާގެ ފަރާތުން މިފަހަރުގެ މުބާރާތުގައި އޭނާގެ ފަރާތުން ވަނީ ހުނަރުވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މިރޭ މެޗުގެ އިތުރުން ގްރޫޕް ސްޓޭޖު މެޗުތަކުގައި ވެސް އޭނާ ފަރާތުން ވަނީ މުހިންމު ސޭވްތަކެއް ފެނިގެން ގޮސްފައެވެ.

މިފަހަރުގެ ސާފް ސުޒުކީ ކަޕް 2018 ގެ މޮޅު ކުޅުންތެރިޔާއަށް ވަނީ 10،000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.

ދިވެހި ރާއްޖޭން މިރޭ އިންޑިއާ ބަލިކޮށް ދިވެހި ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާއިރު މިއީ ދިވެހި ގައުމީ ޓީމަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފަހުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. މިފަހަރުގެ މުބާރާތުގެ ގްރޫޕު ސްޓޭޖުން މެޗަކުން މޮޅުނުވެ ގުރުލައިގެން ސެމީގެ ޖާގައެއް ހޯދި ދިވެހި ޓީމުން ވަނީ މުބާރާތުގެ ސެމީ އަދި ފައިނަލް މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ހިޔާލު

ޢަހުމަދު

އެހެންތަ