Konme Kahala Kujjeh Libunas Ufa Faalhu Kuran Jeheyni Thafaathu Kurumeh Nethi:Sania
image
ސާނިއާ މިރްޒާ--
0 ކޮމެންޓް
 

ކޮންމެ ކަހަލަ ކުއްޖެއް ލިބުނަސް އުފާފާޅުކުރަންޖެހޭނީ ތަފާތުކުރުމެތްނެތި:ސާނިއާ

އަންހެން ނުވަތަ ފިރެހެން ކުއްޖެއް ލިބުނު ނަމަވެސް އުފާފާޅުކުރަންޖެހޭނީ އެއްވެސް ތަފާތު ކުރުމެއް ނެތިކަމަށް އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ ބުނެފިއެވެ. kobadoctor
އުމުރުން 31 އަހަރުގެ ސާނިއާ އަކީ ޖިންސީ ހަމަހަމަކަމަށް ވަރަށް ބާރުއަޅާ މީހެކެވެ. ސާނިއާ ބުނިގޮތުގައި ދުނިޔޭގެ އަދިވެސް ޖިންސީ ހަމަހަމަކަން އެއީ ކޮންއެއްޗެއް ކަން ނޭންގޭ މީހުން އުޅޭކަމަށެވެ. އަދި އޭގެ މުހިއްމުކަން ނޭނގޭ އެތަށް ބަޔަކު ވެސް އުޅެމުންދާކަމަށް ސާނިޔާ ވަނީ ބުނެފައެވެ.

ސާނިއާ ބުނިގޮތުގައި އޭނާ އަބަދުވެސް އެހުރީ ހަމަހަމަކަމާއި އެއްކޮޅަށް ކަމަށެވެ. އެގޮތުން މީހުން، އަންހެން ކުއްޖެއް ނުވަތަ ފިރިހެން ކުއްޖެއް އުފަންވިނަމަވެސް އެއްވެސް ތަފާތު ކުރުމެއް ނެތި އުފާފާޅުކުރާ މަންޒަރު ވަރަން ދެކެންބޭނުންވާ ކަމަށް ސާނިއާ ވަނީ ބުނެފައެވެ. އަދި އެއީ ހަމަހަމަކަން ކަމަށް ސާނިއާ ބުނެއެވެ.

ސާނިއާ އޭނާ ގެ ފުރަތަމަ ދަރިއަށް ބަނޑުބޮޑު އިރު އޭނާ ވިހެއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. ޓެނިސް ކުޅުމަށް ލޯބިކުރާ ސާނިއާ، ބަނޑުބޮޑުވުމުގެ ސަބަބުން އެދާއިރާއާ މިހާރު ދުރަށް ޖެހިފައިވި ނަމަވެސް އޭނާ ބުނިގޮތުގައި ޓެނިސް ކޯޓުން ދުވަސްކޮޅަކަށް ދުރުކުރި ނަމަވެސް ޓެނިސް ކުޅޭ މީހެއް އަތުން އެ ހުނަރު އަތެއް ނުލެވޭނެއެވެ.
ސާނިއާ މިރްޒާ
ހިޔާލު