Arbaaz Khan Eyna ge Loabi Veriya Georgia aa Kaiveni Kurani Anna Aharu Tha?
image
އަރްބާޒު އޭނާގެ ލޯބިވެރިޔާ ޖޯޖިއާއެކު--
0 ކޮމެންޓް
 

އަރްބާޒު ހާން އޭނާގެ ލޯބިވެރިޔާ ޖޯޖިއަ އާ ކައިވެނި ކުރަނީ އަންނަ އަހަރުތަ؟

އަރްބާޒު ހާން އޭނާގެ ލޯބިވެރިޔާ ޖޯޖިއަ އަންދްރިއާނީ އާ އަންނަ އަހަރު ކައިވެނި ކުރަން އުޅޭކަމުގެ ވާހަކަތައް ފެތުރެން ފަށައިފިއެވެ. muni
އަރްބާޒު އާއި މަލައިކާ އާ ދެމީހުންގެ ކައިވެނި ރޫޅިފައިވަނީ މިދިޔަ އަހަރުއެވެ. އަދި އޭގެ ފަހުން އަރުބާޒު ވަނީ ޖޯޖިއަ އާއި ލޯބީގެ ގޮތުން ގުޅިފައެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެދެމީހުން ވެސް މިހާރު ތިބީ ކައިވެންޏަށް ތައްޔާރުވެފައެވެ. ނަމަވެސް އެދެމީހުންގެ ގުޅުމާ ގުޅޭގޮތުން ދެމީހުން އެއްވެސް އެއްޗެއް އަދި މީޑިއާއަށް ހިއްސާކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އަރުބާޒު މިހާރު ވަނީ ޖޯޖިއަ އާއި ކައިވެނިކުރުމަށް އޭނާގެ އާއިލާ އާ ވެސް ވާހަކަ ދައްކާ ހުއްދަ ހޯދާފައެވެ. އަދި ދެއާއިލާއިން ވެސް މިހާރު ވަނީ ކައިވެނިކުރުމަށް ރުހުންދީފައި ކަމަށް ބުނެއެވެ. އޭގެ އިތުރުން ދެމީހުން ކައިވެނި ކުރަނީ ކޯޓުގައި ކަމަށާއި އެ ކައިވެނީގައި ބައިވެރި ވާނީ ދެފަރާތުގެ ވެސް އާއިލާ އާއި ގާތް ރަހުމަތްތެރިންކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އަދި ވަކި ތާރިހެއް ކަނޑައަޅާފައި ނުވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޖޯޖިއަ އަކީ އިޓަލީގެ މަޝްހޫރު މޮޑެއް އެއްގެ އިތުރުން ނެށުންތެރިއެކެވެ. އޭނާ ވަނީ މީގެ ކުރިން ބޮލީވުޑްގެ ފިލްމެއް ގައި މަސައްކަތް ކުރުމަށް އޮޑިޝަަންވެސް ދީފައެވެ. ނަމަވެސް އޭނާއަށް ފުރުސަތެއް ލިބިފައެއް ނުވެއެވެ. އިންޑިއާގެ ހަބަރުތަކުން ބުނާގޮތުގައި ޖޯޖިއަ ދެން ވަރަށް އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެންނާނެއެވެ.
ހިޔާލު