Badminton Kulhuntheriyaa Saina Aai Parupalli Kaivenikuranee
image
ސައިނާ އާއި އެނާގެ ލޯބިވެރިޔާ--
0 ކޮމެންޓް
 

ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ އާއި ޕަރުޕައްލީ ކައިވެނިކުރަނީ

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލް އާއި ޕަރުޕައްލީ ކަޝްޔާޕް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރަން އުޅޭކަމަށް އަޑުތައް އަރައިފިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނަމުން އަންނަ ގޮތުގައި އިންޑިއާގެ ބްޑެމްނިންޓަން ކުޅުންތެރިއެއްކަމަށްވާ ޕަރުޕައްލީ އާއި ސައިނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އެދެމީހުން ކައިވެނިކުރާނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުކަމަށް މީޑިއާތަކުން ބުނެ އެވެ.

އުމުރުން 28 އަހަރުގެ ސައިނާ އާއި 32 އަހަރުގެ ޕަރުޕައްލީގެ ކައިވެނީގެ ތައްޔާރުތައް ދެފަރާތުގެ އާއިލާއިން މިހާރު ކުރަމުން އަންނައިރު އެދެމީހުންގެ ކައިވެނީގެ އުފަލުގައި ބާއްވާ ބޮޑު ޕާޓީ އޮންނާނީ ޑިސެމްބަރު މަހުގެ 21 ގައިކަމަށް ހަބަރުތައް ބުނެއެވެ. ކުޅިވަރުގެ އާއިލާއަށް ނިސްބަތްވާ އެދެ ތަރިންގެ ކައިވެނީގެ ސަބަބުން މުޅި ކުޅިވަރުގެ އާއިލާ އެއްތަނަކުން ފެނިގެންދާނެކަމަށް ބެލެވެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދެމީހުން މިހާތަނަށް ސިއްރުކޮށްފައި ބޭއްވިނަމަވެސް އެދެމީހުންގެ އިންސްޓަގްރާމު އެކައުންޓުގައި އެކަކު އަނެކަކު ފޮޓޯތައް ހިއްސާކޮށްފައިވެއެވެ. އެގޮތުން ދެމީހުންގެ ރައްޓެހިންނާއެކު ތަފާތު އެކިތަންތަނަށް ގޮސް ނަގާފައިވާ ފޮޓޯތައް ދެމީހުން ވެސް ހިއްސާކޮށްފައިވެއެވެ.

ބެޑްމިންޓަން ގިނަ މުބާރާތްތަކެއް ކުޅެ ޕަރުޕައްލީ އާއި ސައިނާ ވެސް ވަނީ އިންޑިއާ ފަހުރުވެރިވާނެ ފަދަ ކާމިޔާބީ ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން ޕަރުޕައްލީ ވަނީ ކޮމަންވެލްތްސް ގޭމްސްގައި މެން ސިންގަލްސް އިން ގޯލްޑް މެޑަލް ހޯދާފައެވެ. އަދި ބެޑްމިންޓްން ވޯލްޑް ފެޑަރޭޝަން، މެން ސިންގަލްސް 2012 އާއި 2015 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އެކި ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކޮށް ފަހުރުވެރި ވަނަތައް އޭނާ ހޯދާފައިވެއެވެ.

ސައިނާ ވަނީ ބެޑްމިންޓަން ތަފާތު މުބާރާތްތަކުގައި ބައިވެރިވެ ބައިނަލްއަގްވާމީ 23 މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޮލިމްޕިކްސް ގޭމްސްގައި ތިން ފަހަރު އިންޑިއާ ތަމްސީލުކޮށްފައިވާ ސައިނާއަށް ވަނީ އެމުބާރާތުގައި އޭނާ ބައިވެރިވި ދެވަނަ ފަހަރު ބްރޯންޑް މެޑަލްއެއް ވެސް ހޯދާފައެވެ. އެއާއެކު އޭނާ ވަނީ އޮލިމްޕިކްގައި ބައިވެރިވެ ބެޑްމިންޓަން އިން މެޑަލްއެއް ހޯދި ފުރަތަމަ އިންޑިއާގެ ބެޑްމިންޓަން ކުޅުންތެރިޔާއަށް ވެފައެވެ.
ހިޔާލު