Esfiya Dhigu Kuran Beynun Nama Mikan Kohlevidhaane
image
އެސްފިޔަ ދިގު ކުރަން ބޭނުންނަމަ މިކަން ކޮށްލެވިދާނެ--
0 ކޮމެންޓް
 

އެސްފިޔަ ދިގު ކުރަން ބޭނުންނަމަ މިކަން ކޮށްލެވިދާނެ

ލޮލުގެ އެސްފިޔައަކީ އަންހެނެއްގެ ރީތިކަން އެންމެ ބޮޑަށް ދައްކުވައިދޭ އެކައްޗެވެ. އެގޮތުން ލޮލުގެ އެސްފިޔަ ރީތިކުރުމަށް ނުވަތަ މަސްކަރާ އުނގުޅާ މީހުންވެސް މަދެއް ނޫނެވެ. އަދި ލޮލުގެ އެސްފިޔަ ކުރު ނަމަ ފޭކް އެސްފިޔަ ޖަހާމީހުންވެސް މިހާރު މަދެއް ނޫނެވެ. އޭގެ އިތުރުން އެސްފިލަ ދިގު ކުރުމަށް ފާޑު ފާޑުގެ ބޭސްތައް ބޭނުންކޮށްވެސް މީހުން އުޅެއެވެ.
ބޭސް ފަދައެއްޗެހި ބޭނުން ކުރުމުގެ ބަދަލުގައި ގޭގައި ބޭނުންކުރާ ގެއްލުން ނުވާ ފަދަ އެއްޗެހި ބޭނުންކޮށްގެން އެސްފިޔަ ދިގުކުރެވިދާނެއެވެ. އެސްފިޔަ ދިގު ކުރަން ބޭނުންކުރެވިދާނެ ބައެއް ތަކެތި:

ވެސްލިން
ވެސްލިން އަކީ އެސްފިލަ ވަރުގަދަކޮށްދޭ އަދި ދިގުކޮށްދިމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.
ބޭނުން ކުރާނެ ގޮތް: ނިދުމުގެ ކުރިން އެސްފިޔަތަކުގައި ވެސްލިން އުނގުޅާނީއެވެ. އަދި އެގޮތުގައި ނިދުމަށްފަހު ހެނދުނު ހޭލުމަށްފަހު އާދައިގެ ފެނުން ރަނގަޅަށް ދޮވެލާނީއެވެ. މިކަން ކޮންމެ ރެއަކު ކުރެވިދާނެއެވެ.

އެލޯ ވެރާ
އެލޯ ވެރާއަކީ ލޮލޮގު އެސްފިޔަތަށް ދިގުވުމަށް އެހީވެދޭ އަދި ހަލާކުވެފައި ހުންނަ ތަންތަނަށްވެސް ރަނގަޅު އެއްޗެކެވެ. ބޭނުން ކުރާނެ ގޮތް: ނިދަން އޮށޯތުމުގެ ކުރިން ލޮލުގެ އެސްފިޔަތަކުގައި ކަފަބުރެއް ބޭނުން ކޮށްގެން އެލޯވޭރާ އުގުޅާށެވެ. އަދި ނިދާ ހޭލުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ.

ގްރީން ޓީ
ގްރީން ޓީގައި ހިމެނޭ ކެފެއިން އަދި ފްލެވޮނޮއިޑްސް އެސްފިޔަ ދިގުކޮށްދީ އަލަށް ފަޅާ އިސްތަށިތަށް ދިގުކޮށްދިނުމަށް އެހީ ވެދެއެވެ.
ބޭނުން ކުރާނެ ގޮތް: ގްރީން ޓީގެ ފަތް ހޫނު ފެން ފޮދަކަށް އެޅުމަށް ފަހު ބަހައްޓާށެވެ. އެއަށްފަހު ހިހޫވުމުން އެސްފިޔައިގައި ކަފަ ބޭނުން ކޮށްގެން އެފެން އުނގުޅާށެވެ.

މިކަންތައްތައް ތަކުގެ އިތުރުން ނިދުމުގެ ކުރިން މޭކަޕުތައް ރަނގަޅަށް ފިލުވައި، ކަންކަމާ އެވަރަށް ނުވިސްނާ އަދި ރަނގަޅަށް ކައި އުޅުމުންވެސް އެސްފިޔަ ވަރުގަދަވެ ދިގުވުމަށް އެހީއަކަށްވެއެވެ.
ނަލަވުން
ހިޔާލު