Hisaabu Suvaaleh Hadhan Neygigen Gulhee Fuluhunah
image
ކުޑަކުއްޖަކު ހިސާބު ސުވާލެއް ހަދަން ނޭނގިގެން ގުޅީ ފުލުހުންނަށް--
1 ކޮމެންޓް
 

ހިސާބު ސުވާލެއް ހަދަން ނޭނގިގެން ގުޅީ ފުލުހުންނަށް

އެމެރިކާގައި 10 އަހަރުގެ ކުއްޖަކު ހިސާބު ސުވާލެއް ހަދަން ނޭނނިގެން ފުލުހުންނަށް ގުޅައިފިއެވެ. kobadoctor
ބޭރުގެ ނޫސްތަކުން ބުނާގޮތުގައި އެކުއްޖާ ފުލުހުންނަށް ގުޅާފައިވަނީ ހިސާބުގެ ހޯމްވޯކް ނިންމުމަށް އުނދަގޫތަކެއް ދިމާވުމާ ގުޅިގެންނެވެ. އެގޮތުން އެކުއްޖާ ވަނީ ފުލުހުންގެ ނަންބަރު 911 އަށް ގުޅާ އެހީއަށް އެދިފައެވެ.

ކްރިސް ކްލޯ ނަމަކަށް ކިޔާ ފުލުހަކު އެފޯނު ނެގިއިރު ކްރިސް ބުނިގޮތުގައި އެކުއްޖާ ގުޅާފައި ފުރަތަމަ ބުނީ އެއީ އެމަޖެންސީ ކަމެއް ނޫންކަމަށެވެ. އަދި އެކުއްޖާ މިވަގުތު ހިސާބު ހޯމްވޯކެއް ހަދަމުންދަނީ ކަމަށާއި ނަމަވެސް 71 ގެއްލަށް 3.052 ގެ ޖަވާބު ހަދަން ނޭނގޭކަމަށެވެ.

ކްރިސް ވަނީ އެވަގުތު އެކުއްޖާ ގާތުގައި އެސުވާލު ބޮލަށް ނުވަންނަ ކަމަށް ބުނެފައެވެ. އަދި އެތަށް ސުވާލުތައް ކުރުމަށް ފަހު ކްރިސް ވަނީ އެކުއްޖާ ހަގީގަތުގައި ބުނަން އެއެޅީ 3.052 ގެއްލަން 71 ކަން އެނގިފައެވެ. އަދި ކްރިސް ވަނީ ކަލްކިއުލޭޓަރެއް ބޭނުން ކޮށްގެން އޭގެ ޖަވާބު ހޯދައި އެކުއްޖާއަށް ޖަވާބު ދީފައެވެ.

އެކުއްޖާ ކްރިސްއަށް ޝުކުރު އަދާކުރުމަށްފަހު ފޯނު ވަނީ ބާއްވާފައެވެ. ކްރިސް ބުނިގޮތުގައި ކުއްޖާގެ ޅަ އުމުރުގައި އެހީއެއް ބޭނުން ނަމަ ފުލުހުންނަށް ގުޅުމަށް ވާނީ އަންގާފައެވެ. ނަމަވެސް މިފަހަރު ގުޅި ކުއްޖަކީ އާންމުކޮށް ފުލުހުން ބަލާ މައްސަލަތަކާ ގުޅުންހުރި މައްސަލައަކަށް ނުވިނަމަވެސް އެކުއްޖާއަށް އެކަމުގައި އެހީތެރިވުމުން ވަރަށް ހިތް ހަމަޖެހުން ކަމަށެވެ.

އެމެރިކާގެ ފުލުހުންގެ އޮތޮރިޓީން ބުނިގޮތުގައި 911 އަށް ގުޅާނީ ހަމައެކަނި އެމަޖެންސީ ހާލަތެއްގައި އެކަންޏެވެ. އަދި އެހެން ކަހަލަ އެހީތެރިވުމަކަށް އެދޭނަމަ އެމެޖެންސީ ނަންބަރު ނޫން ނަންބަރުތަކަށް ގުޅުން ނުވަތަ ސުކޫލުގެ ރިސޯސް އޮފިސަރު ގާތުން އެހީއަށް އެދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އެސުވާލުގެ ޖަވާބު ނުބައިވިނަމަވެސް ފުލުހުން ޒިންމާއެއް ނުވާނެ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
ހިޔާލު

ހަސަންދީ

އަދުރޭ އަށް ގުޅާލިނަމަ....