Amilla ah Beynunvegen hehdhevi Gaanoonuthah ves Mugurumuge Record!?
image
5 ކޮމެންޓް
 

އަމިއްލަ އަށް ބޭނުންވެގެން ހެއްދެވި ޤާނޫނުތައްވެސް މުގުރާލުމުގެ ރެކޯޑް!؟

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމާއި އެކު ރާއްޖޭގެ ސިޔާސީ މަޝްރަހު އަނެއްކާ ވެސް މި ވަނީ އެނބުރެން ފަށާފައެވެ. އިންތިހާބުން ބޮޑު ބައްޔަކުން ރައީސް ޔާމީން ބަލިވުމާއިއެކު އިންތިހާބްގެ ނަތީޖާ ޤަބޫލު ކުރެއްވިކަން އިއުލާން ކުރެއްވީ ހުރިހާ ދިވެހި ރައްޔިތުންގެ ހާޒިރުގައެވެ. އަދި އިންތިހާބުން ކާމިޔާބު ހޯދެއްވި އިބްރާހިމް މުހައްމަދު ސާލިހް އާ ވެރިކަމުގެ ބާރުތައް ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވާ ކަމަށް ވިދާޅުވެ ޤައުމީ ޓީވީ މެދުވެރިކޮށެވެ.
ރައީސް ޔާމީން އިންތިހާބު ބަލިވެވަޑައިގެންވިތާ އެތައް ދުވަހެއްވީ އިރުވެސް ބަލި ޤަބޫލު ނުކުރެއްވުމާއި ސަރުކާރުގެ އިސްވެރިންގެ އެއްވެސް ހަބަރެއް ނުވެ އެތައް އިރެއްވެގެން ދިޔުމުން ސަރުކާރުން ކޮންމެވެސް ކަންތައް ގަނޑެއް ރާވަމުންދާ ކަމަށް އެތައް ބަޔަކު ބުނަމުންދިޔައެވެ. އެންމެފަހުން އެތައް ބަޔަކު ކުރި ތުހުމަތުތައް ތެދު ކުރަން ޖެހޭ ހިސާބަށް ރައީސް ޔާމީންއާއި އެމަނިކުފާނުގެ އަރިސް ބައެއްގެ ކަންކަން މިވަނީ ގޮސްފައެވެ.

އންތިހާބުގެ ދާއިމީ ނަތިޖާ އިއުލާން ކުރިތާ ތިން ދުވަސް ފަހުން ސަރުކާރުން މިވަނީ އޭރު މަޑުން ތިބެ ރާވަމުންދިޔަ ކުޅި ގަނޑު ފަށާފައެވެ. އިއްޔެއިން ފެށިގެން ރައީސް ޔާމީނާއި ޕީޕީއެމްގެ އިސްވެރިން އަންނަނީ އިންތިހާބާއި މެދު ޝައްކު އުފައްދަމުންނެވެ. އަދި އިންތިހާބު އޮޅުވާލުމަށް މަސައްކަތް ކުރި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުންގެ މެންބަރުންނާއި މެދު ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

އެތައް ޒަމާނެއް ވަންދެން އެކުގައި މަސައްކަތް ކުރި އަދި އިންތިހާބު ކާމިޔާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރި ގާތް އެކުވެރިޔާ އަހުމަދު ޝަރީފު ކަންބަޅި ބަކަރިއަކަށް ހެދުމަށްފަހު ޤުރުބާން ކުރަން ތައްޔާރުވެފައެވެ. ޝަރީފްގެ އެކި ފަހަރުމަތިން ދައްކާފައިވާ ވާހަކަތައް އެޑިޓްކޮށްގެން އޯޑިއޯއެއް ތައްޔާރުކޮށް ޕީޕީއެމްގެ އިސް ފަރާތްތައް އެ އޯޑިއޯ އަންނަނީ ފަތުރަމުންނެވެ. އަދި މި ވަރަކުން ނިންމާލީކީ ނޫނެވެ. އޮޅުވާލި ވޯޓްގެ ނަމުގައި މުޒާހަރާ ކުރަން ގޮވާލާ ރައީސް ޔާމީން ހިމެނޭ ގޮތަށް ބަޔަކު ޕީޕީއެމް އޮފީސް ދޮށަށް އެއްވެ ޝަރީފު ހައްޔަރު ކުރުމަށް ވެސް މިވަނީ ގޮވާލާފައެވެ.

ޕީޕީއެމްގެ ރޭގެ އަމަލުން ޔަގީންވީ 21 ވަނަ ގަރުނު ގަޓު ހުރި ރައީސް ކަމަށް ބުނެ އެ ޕާޓީން ރައްޔިތުންނަށް ދެއްކި ރައީސްގެ ގަޓު ނެތްކަމެވެ. އަދި ރައްޔިތުންނަށް އުނދަގޫވާ އާއްމު މަސްލަހަތު ގެއްލުވާލިޔަ ނުދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދެވި ރައީސް ހުދު އެކަކަން ކުރެއްވުމަށް އިސްސަފުގައި ނުކުންނަވާ ހުންނެވި ތަނެވެ.

ޤާނުނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހުއްޓުވުމަށް ސަރުކާރުން ރެއިން ރެޔަށް ފާސްކުރި ޤާނޫނަށް އެ ޤާނޫނު ވުޖޫދަށް ގެނައި މީހުން ހިލާފުވިތަނެވެ. ތަންތަނަށް އެއްވަން ބޭނުންވާނަމަ އެއްވަން ހައްޖަށް ދާވީ ނޫންހޭ ވިދާޅުވެ އިދިކޮޅަށް ފާޑު ވިދާޅުވި ރައީސް ޔާމީން މުޒާހަރާއަށް ނުކުންނަވާ ރައްޔިތުން އެއްވުމަށް ގޮވާލެއްވި މަންޒަރެވެ.

އިދިކޮޅު ފަރާތްތަކުން މުޅިން ވެސް ކުރާކަމަކީ މުވައްސަސާތަކާއި އެތަންތަނުގެ ވެރިންގެ އަގު ވައްޓާލުން ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވަމުންދިޔަ ރައީސް ޔާމީން ނުކުންނަވާ މިނިވަން މުއައްސާއެއްގެ ވެރިއެއްގެ ބޮލުގައި ސާބިތު ނުހިފޭނެ ކަމަށް ބެލެވޭ ބޮޑެތި ތުހުމަތުތަކެއް އަޅުވާ އަބުރާއި ބެހިވަޑައިގެންނެވި މަންޒަރެވެ. ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި ޤާނޫނު ފާސްކުރުމަށްފަހު އަރިހުގައި އުޅުއްވާ ޓެރަރިޒަމަށް ހިތްވަރުދޭ މީހުން ހިމާޔަތް ކުރައްވާ އެންމެފަހުން ހުދު ރައީސް ޔާމީން ވެސް ޓްރެރިޒަމަށް ހިތްވަރު ދޭ ފަދަ މޭރުމަކުން ވާހަކަތައް ދެއްކެވި ތަނެވެ.

ޕީޕީއެމުން މުޒާހަރާއަށް ގޮވާލުމުން ވެހުނު ވާރޭގައި ވެސް މަގު މައްޗަށް މަދު ބަޔަކު ނަމަވެސް ނުކުތެވެ. ރައްޔިތުން ވާރެއަށް ނެރި ރައީސް ޔާމީންނާއި ޕީޕީއެމްގެ އިސްވެރިން ތިއްބެވީ ހިޔަލުގައި ކުޅި ބަލާށެވެ. އަދި ރައްޔިތުން މަގު މައްޗަށް ނެރުމަށްފަހު އެމީހުންނާ އެކު ބައިވެރިވެލަން ވެސް ކެރިވަޑައިނުގެން ސަރުކާރުން ދީފައިވާ ކާރުކޮޅާއި މޮޓޯ ކޭޑް ބޭނުންކުރައްވައިގެން މާ ގިނައިރުތަކެއް ނުވަނީސް ރައީސް ޔާމީންވަނީ އެތަންވެސް ދޫކުރައްވާ ވަޑައިގެންފައެވެ. އަދި އިސްކޮށް ތިބި މީހުން ވެސް ރައީސް ޔާމީންއާ އެކުވަނީ "ފިއްލަވާފަ"އެވެ.

ކޮންމެ އަކަސް 21 ވަނަ ގަރުނުގެ ގަޓްހުރި ކަމަށް ބުނި ރައީސަށް ދިވެހި ރައްޔިތުންގެ ތެރެއިން 134000 އަށްވުރެ ގިނަ މީހުން ނިންމި ނިންމުން ބަލައިގަންނާހާ ވެސް ގަޓު ނެތެވެ. ރައްޔިތުން މަގު މައްޗަށް ނެރެ ވާރޭގައި ތެންމާ އެމީހުންނާ އެކު މުޒާހަރާގައި ތެމިލަން މަޑުކޮށްލާނެހާ ގަޓު ވެސް ނެތްކަމަށް ފެނެއެވެ.

ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ބުނެ ބާރުގެ ބޭނުން ކުރައްވައިގެން ފާސްކުރި ޤާނުނުތަކަށް ބޯ ލަނބާ ކަމޭހިތާހާ ވެސް ގަޓް ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ނެތެވެ. ކަމެއްގައި ގަޓެއް ހުރިއްޔާ ހުރީ ވެރިކަމުގައި ހުންނެވުމަށާއި ތިމާގެ އަމިއްލަ ބޭނުމަށް އެއްބަފާ ބޭބޭފުޅައި ގާތް އެކުވެރިން ވެސް ބޭ އިންސާފުން ހިތު ހުރިގޮތެއް ހާދާލަން ކެރޭ ކަމަށް ބުނާ ގަޓެއް ނޫން ބާއްވައެވެ.

މަނިކުފާނެވެ. އެއީ ގަޓެއް ނޫނެވެ. އަޅުގަޑުމެން ދިވެހި ރައްޔިތުން އެޔަށް ކިޔަނީ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތުމެވެ. މީހެއްގެ މައްޗަށް ރަހުމެތް ކުލުނެތް ވެސް ނެތުމެވެ. އިސްލާމްދީންގެ ހިދާޔަތް އިންސާނުންނަށް ލިބުމުގެ ކުރިން އުޅުނު ތަނެއް ދޮރެއް ނުދަންނަ މީހުންގެ ގޮތް ނޫންތޯ އެވެ.
ރައީސް ޔާމީން
ހިޔާލު

ދެކޭމީހާކިޔާމީހާ

ނުލާހިކު އަމާންކަންމަތީގައި އިންތިޚާބުގެކަންތައް ނިންމައި، ބަލިވިކަން ކަށަވަރުވީމައި، ބަލިޤަބޫލުކުރިކަން ޢާންމުކޮށް، އިންތިޚާބީރައީސާއި ބައްދަލުކޮށް ވަރަށްތީވެތިގޮތުގައި މަރުޙަބާކިޔައި، ނުވިތަނަކަށް އދގެ ޢާންމުޖަލްސާގައި ވަރަށް ރިވެތިކޮށް ވާހަކަދައްކުވަމުން މިފެންނަނީ ބަޔަކު މުޒާހަރާކުރާތީވެ، އެކަންކުރިޔަނުދޭން ހައްދައި، އޭގައިސޮއިކޮށް، އަމިއްލަފުޅުބޭނުންޖެހުނީމައި، ވެރިކަމުގައިހުންނަވައިގެން އެޤާނޫނަށް ފައިންއަރުއްވައި ޗަސްކުރާތަނެވެ! ރަޢިއްޔަތެއްގެ ޙައިޞިއްޔަތުން މިކަން ޤަބޫލެއްނުކުރެވެއެވެ.
ރައްޔިތަކު ޤާނޫނާއި ޚިލާފުވުމުން ހައްޔަރުކޮށް އަދަބުދޭގޮތަށް ރައީސް ޔާމީނަށް އަދަބުދޭންވެއްޖެއެވެ. ޕްރޮސިކިޔުޓަރ ޖެނެރަލަށް ދަޢުވާކުރަންއޮންނަނީ އެފަރާތަކުން މުސާރަދޭ ރަޢިއްޔަތުންނާއި އެކަނިތޯއެވެ؟
ވެރިމީހާ ހަމައިންނައްޓައިގެންގޮސް ހައްދުފަހަނައެޅީމައި، ރަޢިއްޔަތުންގެފަރާތުން އެވެރިމީހާމައިތިރިކުރަންއޮންނަ ރަޢިއްޔަތުންގެ މަޖިލީސް ކޮބައިތޯއެވެ؟ ޢަޖައިބެކެވެ! އަހަރުމެންގެމާލިއްޔަތުން މުސާރަނަގައި، ކައިގެން އެއްކަމެއްކުރާތަން ނުފެނެއެވެ.
ޤައުމު މިޙާލަތަށްގެންދާއިރު، ސަލާމަތީބާރުތަކުން ކުޅިބަލަންނުތިބެ، މިމޮޔަފުޅުވެގެންއުޅުއްވާ ރައީސް މައިތިރިވާން އަންގައި، މައިތިރިކުރަން ވެއްޖެކަހަލައެވެ!
ހަމަކަށަވަރުންވެސް އަހަރުމެން މިފަދަގޮތަކަށްއުޅެފިއްޔާ ބިޑިއަޅުވައި، ގިއްގަޅުވަމުން ގަދަބާރުގައި އެއްޗަކަށްލައިގެންގެންގޮސް އުލުބައިންދާނެއެވެ! މިއީ ކޮންއިންސާފެއްހެއްޔެވެ؟

ހުވަދު

ޔާމީނަކީ ވަރަށް ގޮތެއްފޮތެއްނެތް ވަރަށް ލަދުހަޔާތްކުޑަ މީހެއް

ޢަބުލްކަލަަމް

ޥަރަށް މޮޅު އާޓިކަލްއެއް. ޥ ވ މޮޅު.

އެލް،ޓީ ގުރައުންޑް

ވަރަށް ސަޅި.. ޔާމީނަށް ކިޔަންވީ ސޮޑަންބޯ ބޮލުރޮދި... 😎😎

މޫސަ

ތިއީ މިގަރުނުގައި ވެރިކަން ކުރި ފުރަތަމަ ވަކަރުގޭ ދަރި