England ge Dhigu Meeha Furathama Faharah Court Fatulooneh Laifi
image
ޕައުލް ސްޓާގެސް--
0 ކޮމެންޓް
 

އިނގިރޭސިވިލާތުގެ ދިގު މީހާ ފުރަތަމަ ފަހަރަށް ކޯޓް ފަޓުލޫލެއް ލައިފި

އިނގިރޭސިލާތުގެ އެންމެ ދިގު މީހާ ޕައުލް ސްޓާގެސް ފުރަތަމަ ފަހަރަށް ސޫޓެއް (ކޯޓް ފަޓުލޫން) ލައިފިއެވެ.
ދިގުމިނުގައި ހަތް ފޫޓް ހަތް އިންޗި ހުންނަ ޕައުލް އަށް ވަނީ އެންމެ ފަހުން ސޫޓެއް ލުމުގެ ފުރުސަތު ލިބިފައެވެ. އޭނާ ބުނިގޮތުގައި މީގެ ކުރިން އޭނާ ދުވަހަކުވެސް ސޫޓެއް ނުލައެވެ. ސަބަބަކީ އޭނާ އަށް ސޫޓު ފަހައިދޭނެ މީހަކު މީގެ ކުރިން ނުވާތީ ކަމަށް އޭނާ ބުނެއެވެ.

ޕައުލް ބުނިގޮތުގައި ރަސްމީ ތަންތަނަށް އަދި ރަހުމަތްތެރިންގެ ކައިވެންޏަށް ވެސް ސޫޓް ލުމުގެ ބަދަލުގައި އޭނާ ލަނީ ގަމީހަކާއި ފަޓުލޯނެކެވެ.

ޕައުލް ވަނީ އެތަށް ބައެއް ކައިރިއަށް ގޮސް ސޫޓެއް ފަހައި ދިނުމަށް އެދިފައެވެ. ނަމަވެސް އޭނާ ދިގު ކަމުން އޭނާއަށް ސޫޓެއް ފަހައިދޭނެ މީހަކު ނުވިކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެތަށް ހޯދުންތަކަށްފަހު އޭނާއަށް ވަނީ ލަންޑަނުން އޭނާއަށް ސޫޓެއް ފަހައިދޭނެ މީހަކު ހޯދާފައެވެ.

ޕައުލް ބުނިގޮތުގައި އެ ސޫޓު ފަހަން ވަރަށް ބައިވަރު ފެބްރިކް ބޭނުން ވިއެވެ. އެގޮތުން އާދައިގެ ސޫޓެއް ފަހަން ދާވަރަށް ވުރެ ދެގުނަ ފެބްރިކް ދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ސޫޓުގެ އަގަކީ ދެހާސް ޑޮލަރު ކަމަށް ވެސް ޕައުލް ވަނީ ބުނެފައެވެ.

ޕައުލް އަށް ވަނީ 2014 ވަނަ އަހަރު ދުނިޔޭގެ އެންމެ ދިގު ބާސްކެޓްބޯޅަ ކުޅުންތެރިއާގެ ގިނެސް ވޯލްޑް ރިކޯޑް ލިބިފައެވެ. ޕައުލް ބުނިގޮތުގައި އޭނާ ލާ އެއްޗެހި ގަންނަނީ އޮންލައިން ކޮށެވެ. ސަބަބަކީ އޮންލައިންކޮށް ގިނަ ސައިޒްތައް ލިބޭތީ ކަމަށް އޭނާ ބުނެއެވެ.
ހިޔާލު