Amilla Bulhalah Haassakoggen skateboard eh
image
މިޑީ--
0 ކޮމެންޓް
 

އަމިއްލަ ބުޅަލަށް ހާއްސަކޮށްގެން ސްކޭޓްބޯޑެއް

ކިމް ޕިމަލް ނަމަކަށް ކިޔާ ޑިޒައިނަރެއް އޭނާ ގެ ބުޅަލަށް ހާއްސަ ސްކޭޓްބޯޑެއް ހަދައިފިއެވެ. muni
"މިޑީ" ނަމަކަށް ކިޔާ އެބުޅަލަށް ހާއްސަކޮށް ތައްޔާރުކުރި އެސްކޭޓްބޯޑާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ އެއީ ގޭތެރޭގައި އުޅޭއިރު މިޑީއަށް ފަސޭހަކޮށްދިނުމަށް ހަދާފައިވާ ސްކޭޓްބޯޑެކެވެ. އެގޮތުން ގޭތެރޭގައި ދުވެ، ހިނގާ އުޅުމުގެ ބަދަލުގައި ސްކޭޓްބޯޑު ބޭނުން ކުރެވޭނެކަމަށް އޭނާ ބުނެއެވެ. އަދި އެ ސްކޭޓްބޯޑާ މެދު މިޑީވެސް އެއްވެސް ޝަކުވާއެއް ނުކުރާ ކަމަށް ކިމް ވަނީ ބުނެފައެވެ.

ކިމް ބުނިގޮތުގައި އެއީ އިލެކްޓްރޯނިކް ސްކޭޓްބޯޑެކެވެ. އެގޮތުން އެބޯޑުގައި ހަރުކުރެވިފައިވާ ޓިއުބަކަށް ދަމާލުމުން އެބޯޑު މަސައްކަތް ކުރަންފަށާނެއެވެ. އަދި ކުޑަ ކޮންޕިއުޓަރު ބޯޑުތަކުން އެސްކޭޓްބޯޑު ކޮންޓުރޯލުކުރެވޭނެ ކަމަށް ކިމް ބުނެއެވެ.

އެ ސްކޭޓްބޯޑަކީ ވަރަށް ކުޑަ ބަޖެޓެއްގައި ހަދާފައިވާ ބޯޑެކެވެ. އެގޮތުން އެބޯޑު ހެދުމަށް ގިނަ ތަކެތި ގަތީ އޮންލައިންކޮށް ކަމަށް ކިމް ވަނީ ބުނެފައެވެ.
ހިޔާލު