Kobaa Kobaa Biya Lashkaru?
image
8 ކޮމެންޓް
 

ކޮބާ ކޮބާ ބިޔަ ލަޝްކަރު ކޮބާ؟

އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވީ އަންގާރަ ދުވަހުގެ ރެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ފްލައިޓާއި އޮޑި ދޯނިފަހަރުގައި ސިވިލް ސާވަންޓުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުން މާލެ ގެނެސް ޕީޕީއެމުން ވަނީ "ސައިޒް" ދައްކާލާފައެވެ. muni
މާލޭގެ ވެލިދަނޑުގައި ޕީޕީއެމުން ބޭއްވި އެ ޖަލްސާއަކީ ގުޅިފައިވާ އިއްތިހާދަށް ޕީޕީއެމްގެ ރަސްމީ ސައިޒު ދައްކާލުމަށް ބޭއްވި ހަރަކާތެކެވެ.

ޖަލްސާގެ ފޮޓޯތަކާއެކު ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ މިނިސްޓަރުންނާއި، ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި، ސްޓޭޓް މިިނިސްޓަރުން ފެށިގެންގޮސް ކޯޑިނޭޓަރުންވެސް ބުނަމުން ދިޔައީ އިދިކޮޅު ފަރާތްތަކުން (އެމްޑީޕީ / ޖުމްހޫރި ޕާޓީ / އަދާލަތު ޕާޓީ / ރައީސް މައުމޫނު ނިސްބަތްވެވަޑައިގަންނަވާ މައުމޫނު ރިފޯމް މޫވްމަންޓް ) ބިރު ގަނެއްޖެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް އިންތިހާބު ކާމިޔާބު ނުވާނެކަން އެނގިއްޖެ ކަމަށްވެސް ރައީސް ޔާމީންގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދިޔައެވެ.

ޕީޕީއެމުން އެފަދަ ހަރަކާތެއް ބޭއްވީ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ބިޔަ ބޮޑޫ ޖަލްސާ ފެނިގެން ސައިޒު އޮތްކަން ދައްކާލުމަށެވެ.

އިންތިހާބުން ނާކާމިޔާބު ވެވަޑައިގަތުމުން ޕީޕީއެމުން ސިލްސިލާކޮށް މާލޭގައި އިހުތިޖާޖު ކުރަމުން އަންނައިރު ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސެޕްޓެމްބަރު 18 ގައި ތިބި މީހުން މިއަދު ކޮބައިތޯއެވެ.

ރައީސް ޔާމީން 2013 ގައި ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ރިޔާސީ ވައުދަކީ 96000 ވަޒީފާ އުފެއްދުމެވެ. އެ ޓާގެޓް ހާސިލުވެފައިވާ ކަމަށް މި ސަރުކާރުން ބުނަމުންދާއިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96052 ވޯޓެވެ. ވަޒީފާ ލިބުނު މީހުންނަށްވެސް ފެންނަން ނެތީމަ އަޅެ ވީގޮތެއް ބަލާލަން ވާނެއެވެ.
ހިޔާލު

ޕިންކު

ސައުދީ ސިފައިންގެ ލަޝްކަރާ ގުޅެން ގޮސްސިޔޯ ކިޔާ އަޑުއަހަން

ޝޯކް

ޕިންކީ މެންނަކީ ދެފުއް ކެހެރިން، އެހެންވެ ޝޮކް ޖެހެނީއޭ ކިޔާފަ ފިލާ ތިބެނީ

ބެގް ބޮރޯ ސްޓީލް

މޫނު ދައްކަން ނުކެރިގެން އެކަކުވެސް ނުދޭ...ސެޕްޓެމްބަރ 23 އަށް ފަހު އެވެރިންގެ އަންހެނުންނަށް އަދިވެސް އެވެރިންގެ މޫނު ނުފެންނަ ކަމަށް ވަނީ

ދކަލ

ހީ ވިލް ކަމް ބެކް

މޮހަނުކ

އަހަރުމެން ބަލި ގަބޫލު ކޮށްފިން އެހެންވީމާ އަހަރުމެނ ބޭނުމެއްނޫން އަމިއްލަ އެދުމަށް ދޮގު ވާހަކަ ދައްކާ އޮޅުވާލށކަށް.. ވޯޓު ގުނީ އަހަރުމެން އެންމެންގެ ކުރިމަތީގަ ހާމަކަންބޮޑުކޮށް.

ުމުދިބެ

އަނގަ ވަރުގަދައީ އިނގިއްޖެތަ؟ ކަލޭމެން އަނގަ އަރުވާނީ ވަގުތުގައި. މިތާކުނޫން. ކަލޭމެންގެ ޕްރޮޕެގެންޑާ ފަތުރާ މެޝިންގަނޑެއްނު އެެއީ

އަބުސީ

ރަސްމީ ސައިޒު ތިޔައޮތީ ދައްކާލައިފައެއްނު އަމިއްލައަށް ފަޟީޙަތްވެވޭއިރުވެސް ނެއިގޭ ބުރާތިތެކެއްދޮއްތޯ

ލާލް

މަލާމަތް ކުރާނެ ކަމެއް ނެތް. އަދި ގަދަބަސްވެސް ބުނާނެކަމެއްނެތް. މީހުން އެބަތިބި. ބަލިވީމަ އަދި ޝޮކުގަ ތިބީ/ ރައީސް ޔާމިން އަކީ ވަރުގަދަ ލީޑަރެއް