Saudi ge Consulate Thereyga Noosveriyaa Maraalee Kamah Thuhumathukohfi
image
ޖަމާލް ހާޝޮގީ،
0 ކޮމެންޓް
 

ސައުދީގެ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ މަރާލީ ކަމަށް ތުހުމަތުކޮށްފި

ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ ޖަމާލް ހާޝޮގީ، ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައި މަރާލާފައިވާ ކަމަށް ތުރުކީން ތުހުމަތުކޮށްފިއެވެ. muni
ނޫސްވެރިޔާ ޖަމާލް ހާޝޮގީ ގެއްލިފައިވަނީ، މިދިޔަ އަންގާރަ ދުވަހު އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ.

ސައުދީގެ ކޮންސިއުލޭޓްގައި ނޫސްވެރިޔާ ހާޝޮގީ މަރާލާފައިވާ ކަމަށް ތުރުކީގެ ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރަމުންދާއިރު ސައުދީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ހާޝޮގީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައުދީން ވަނީ ބުނެފައެވެ.

ސައުދީ އަރަބިއްޔާއަށް އުފަން، އެގައުމުގެ ރައްޔިތެއް ކަމަށްވާ ހާޝޮގީ އިސްތަންބޫލްގައި ހުންނަ ސައުދީގެ އެމްބަސީއަށް ދިޔައީ އޭނާ އާ ކައިވެންޏެއް ކުރާތީ ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމަށެވެ. ހާޝޮގީ އަކީ ވޮޝިންޓޮން ޕޯސްޓްގައި ލިޔަމުން ދިޔަ ނޫސްވެރިއެކެވެ.

ހާޝޮގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު، ސައުދީގެ ކޮންސިއުލޭޓުންވެސް މިހާރު ނެރެގެން ގެންގޮސްފައިވާ ކަމަށް ތުރުކީން ދަނީ ތުހުމަތު ކުރަމުންދާއިރު އެ ތުހުމަތުތައްވެސް ސައުދީން ވަނީ ދޮގުކޮށްފައެވެ.
ހިޔާލު