Corruption Falhaa-aruvala Meehakah Pakistan in Inaamudhenee
image
0 ކޮމެންޓް
 

ކަރޮޕްޝަން ފަޅާއަރުވާލާ މީހަކަށް ޕާކިސްތާނުން އިނާމު ދެނީ

ކަރޮޕްޝަން ފަޅާ އަރުވާލާ މީހަކަށް ބޮޑެތި އިނާމުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ އައު ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.
އިމްރާން ހާން ވިދާޅުވީ ކަރޮޕްޝަން ފަޅައަރުވާލާ މީހަކަށް އިނާމު ދިނުމަށް ވަރަސް އަވަހަށް ގާނޫނެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން މި ގާނޫނުގައި ހިމަނަނީ ކްރޮޕްޝަނުގެ ސަބަބުން ދައުލަތައް ގެއްލުނު ފައިސާއިން އަނބުރާ ލިބުނު ފައިސާގެ ވަކި ބައެއް އެކަން ފަޅައަރުވާލި މީހުންނަށް ދިނުމަށެވެ.

އިމްރާން ހާން ވިދާޅުވީ ކަރޮޕްޝަނުން ގެއްލޭޢ ފައިސާއިން އަނބުރާ ލިބޭ އެއްޗެއްގެ 20 އިންސައްތަ އެކަން ފަޅާ އަރުވާލާ ބަޔަކަށް ދިނުމަސް އަދި އަނެއް 80 އިންސައްތަ ޕާކިސްތާނުގެ ދަރަނި އަދާކުރުމަށް ހޭދަ ކުރުމަށް ގާނޫނުގައި ހިމަނުއްވާނެ ކަމަށެވެ.

އިމްރާން ހާން ވިދާޅުވީ މި ވޭތުވެދިޔަ ދުޔވަސްތަކުގައި ޕާކިސްތާނުން އެތައް ބިލިއަން ޑޮލަރެއް ގެއްލިފައިވާ ކަމަށާއި، އެފައިސާ ހޯދިއްޖެ ނަމަ ޕާކިސްތާނުގެ ދަރަންނަށް ލުއެއް ލިބިގެންދާނެ ކަމަށެވެ.

އިމްރާން ހާން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ކަރޮޕްޝަނާއި ދެކޮޅަށް ބޮޑު ކެމްޕޭނެއް ކުރައްވައިގެންނެވެ.
ހިޔާލު