India gai 22 Meehakah Zika Virus Jehihje
image
ޒިކާ ވައިރަސް ފަތުރާ ބާވަތުގެ މަދިރިއެއް
0 ކޮމެންޓް
 

އިންޑިއާގައި 22 މީހަކަށް ޒިކާ ވައިރަސް ޖެހިއްޖެ

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ރާޖަސްތާންގެ ޖައިޕޫރްގައި 22 މީހަކަށް ޒިކާ ވައިރަސް ޖެހިއްޖެއެވެ. dhi2
ޖައިޕޫރްގައި ޒިކާ ވައިރަސް ފެތުރެމުންދާތީ އެކަމާ ގުޅޭ ތަފުސީލީ ރިޕޯޓެއް ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން މިހާރު ވަނީ ސްޓޭޓްގެ ހެލްތު މިނިސްޓްރީގައި އެދިފައެވެ.

ޒިކާ ވައިރަސް ފެތުރެމުންދާތީ، މިހާރު ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ޒިކާގެ އަލާމާތްތައް ހުންނަ މީހުން ސްކްރީންކޮށް ފަރުވާ ދެމުންނެވެ. އަދި ސްޓޭޓް ސަރުކާރުގެ މަތީ ފަންތީގެ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ދަނީ ޒިކާގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންނެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލުން ބުނީ މިހާތަނަށް 22 މީހެއް ޒިކާއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މީހުން ޒިކާއަށް ސްކްރީން ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

ޒިކާއަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރިއަށްދާއިރު ޖައިޕޫރްގައި އުޅޭ މާބަނޑު އަންހެނުން މޮނީޓާ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ހިޔާލު