Baarugadha Thoofaanaai Gulhigen Kuhli Nurahkaa Iulaankohfi
image
0 ކޮމެންޓް
 

ބާރުގަދަ ތޫފާނާއި ގުޅިގެން ކުއްލި ނުރައްކާ އިއުލާނުކޮށްފި

ބާރުގަދަ ތޫފާން މައިކަލް އާއި ގުޅިގެން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. muni
ތޫފާނާއި ގުޅިގެން އެމެރިކާގެ ފްލޮރިޑާ އާއި އަލަބާމާ އަދި ޖޯޖިއާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ބުދަ ދުވަހު، ފްލޮރިޑާއަށް ތޫފާން އަރާނެ ކަމަށް ލަފާ ކުރެވިފައިވާއިރު އެ ސްޓޭޓުން 370،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައެވެ. އެ ތޫފާނުގައި ސެންޓްރަލް އެމެރިކާއިން މިހާތަނަށް 13 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ މޫސުމާބެހޭ އިދާރާތަކުން، ތޫފާން މައިކަލް ދަރަޖަކޮށްފައިވަނީ ތިންވަނަ ދަރަޖައިގެ ތޫފާނެއްގެ ގޮތުގައެވެ. ތޫފާނުގައި ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގައި ފްލޮރިޑާއަށް ވައި ޖެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ބުދަ ދުވަހުގެ ދަންވަރު، ތޫފާން އިތުރަށް ބާރު ގަދަވާނެ ކަމަށް ލަފާ ކުރެވިފައިވާއިރު ތޫފާނުގެ ދަރަޖަ ހަތަރަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް އެމެރިކާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ތޫފާނުގައި އެމެރިކާގެ ފްލޮރިޑާގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް، އުސްމިނުގައި 12 ފޫޓު ހުންނަ ރާޅު އަރާފާނެ ކަމަށް އެމެރިކާގެ މޫސުމާބެހޭ އިދާރާތަކުން ލަފާކުރެއެވެ.
ހިޔާލު