China inn Vihkaa Dronethakakee Ehves Eycheh Noon: India
image
ޑްރޯނެއް
1 ކޮމެންޓް
 

ޗައިނާއިން ވިއްކާ ޑްރޯންތަކަކީ އެއްވެސް އެއްޗެއްނޫން: އިންޑިއާ

ޗައިނާއިން ޕާކިސްތާނަށް ވިއްކާ ޑްރޯންތަކަކީ، އިންޑިއާގެ އެއާ ޑިފެންސް މިސައިލް ސިސްޓަމްގެ ރަނގަޅު އަމާޒުތަކަކަށް ވެގެންދާނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާއިން އެހެން ބުނެފައި މިވަނީ، ވިންގް-ލޫންގް-2 މަރުކާގެ 48 ޑްރޯން ޗައިނާއިން ޕާކިސްތާނަށް ވިއްކަން ނިންމާފައި ވަނިކޮށެވެ. އިންޑިއާ އަސްކަރިއްޔާގެ ތަޖުރިބާކާރަކު ވަނީ އިންޑިއާގެ އެއާ ޑިފެންސްގެ ކުރިމަތީގައި އެ ޑްރޯންތަކަކީ އެއްވެސް އެއްޗެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން ޕާކިސްތާނަށް ޑްރޯންތަކެއް ވިއްކަން ނިންމާފައިވާކަން ހާމަވެފައި މިވަނީ އިންޑިއާއިން ރަޝިއާގެ އެއާ ޑިފެންސް ސިސްޓަމެއް ގަތުމަށް އެއްބަސްވެފައި ވަނިކޮށެވެ.

ރަޝިއާގެ އެޑްވާންސްޑް އެސް-400 އެއާ ޑިފެންސް ސިސްޓަމަކީ 5.4 ބިލިއަން ޑޮލަރުގެ ސިސްޓަމެކެވެ. އެ ސިސްޓަމް ހުންނަ ސަރަހައްދުން ފެށިގެން 380 ކިލޯމީޓަރުގެ ރާސްތާއެއްގައި ދަތުރުކުރާ ހަނގުރާމަ މަތީ ޖެޓްތަކާއި ޖާސޫސީ މަތިންދާބޯޓުތަކުގެ އިތުރުން މިސައިލް ދެނެގަނެ، އެތަކެތި ނައްތާލުމުގެ ގާބިލުކަން އެ ސިސްޓަމަށް ވަނީ ލިބިފައެވެ.

ޗައިނާއިން ޕާކިސްތާނަށް ވިއްކާ ޑްރޯންތަކަކީ މިސައިލާއި، ލޭޒާ ގައިޑެޑް ބޮމުން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯންތަކެކެވެ.
ޗައިނާ އިންޑިއާ
ހިޔާލު

އަބިޖީތް

ހިޔަޅުވެސް ބުނި މޭބިސްކަދު ވަރަށް ވަރަށް ހުތްވާހަކަ ދޯ ކާން އުޅެގެން މޭބިސަކދުރު ކޯޅިއަށް އަނގަ ނުފޯރީމަ