Chhichhore gai Shraddha Fenigendhaani mamma ehge Role in
image
ޝްރައްދާ ކަޕޫރު--
0 ކޮމެންޓް
 

"ޗިޗޯރު" ގައި ޝްރައްދާ ފެނިގެންދާނީ މަންމައެއްގެ ރޯލުން

ނިތޭޝް ތިވާރީގެ ކުރިއަށް އޮތް ފިލްމު "ޗިޗޯރު" ގައި ޝްރައްދާ ކަޕޫރު ފެނިގެންދާނީ މަންމައެއްގެ ރޯލުން ކަމަށް އެޕްރޮޖެކްޓުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފިއެވެ. kobadoctor
ޝްރައްދާ އާއި ސުޝާންތު ލީޑު ރޯލުން ފެނިގެންދާ އެފިލްމުގެ ފުރަތަމަ ޕޯސްޓަރު މިމަހު ނުވަ ދުވަހު ވަނީ ނެރެފައެވެ. އެޕޯސްޓަރުގައި ފިލްމުގެ ކާސްޓުން ފެނިގެންދާނެ ގޮތް ދައްކާލިއިރު ފިލްމު ނެރޭނެ ދުވަސް ވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރު އޮގަސްޓު މަހުގެ 30 ގައެވެ.


އިންޑިއާގެ ނޫސްތަކުން ޝްރައްދާ އެފިލްމުގައި ފެނިގެންދާނެ ގޮތާމެދު ސުވާލު ކުރުމުން އެޕްރޮޖެކްޓުގައި މަސައްކަތް ކުރާ މީހަކު ވަނީ އޭނާގެ ރޯލާމެދު ވާހަކަ ދައްކާފައެވެ. އެގޮތުން ޝްރައްދާ ޒުވާން އުމުރުގައި އަދި އުމުރުން ދުވަސްވި މީހެއް ގޮތުގައި ވެސް ފެނިގެންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މިއީ ޝްރައްދާ މަންމަގެ ރޯލު ކުޅެން އެއްބަސްވި ފުރަތަމަ ފަހަރު ކަމަށް ވެސް އެޕްރޮޖެކްޓުގައި ބުނެފައިވެއެވެ.

ޝްރައްދާ އެންމެ ފަހުން ފެނިގެން ދިޔައީ "ސްޓްރީ" އާއި "ބައްތީ ގުލް މީޓަރު ޗާލޫ" އިންނެވެ. އެ ދެ ފިލްމަށްފަހު އޭނާ ދެން ފެނިގެންދާނީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމުންނެވެ. ފިލްމުގެ ޝޫޓިން މިދިޔަ މަހު 22 ގައި ޝްރައްދާ ފަށާފައިވާއިރު ޑެންގޫ ހުން ޖެހުމުގެ ސަބަބުން އެނާ ވަނީ ފިލްމުގެ ޝޫޓިން ވެސް މެދުކަނޑާލާފައެވެ.

ފިލްމުގެ ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނި ގޮތުގައި ޝްރައްދާ ރަނގަޅުވީހާ އަވަހަކަށް ފިލްމުގެ ޝޫޓިން އަލުން ފަށާނެއެވެ.
ހިޔާލު