Actorunge Anbinge Thereyn Mira Ah Fahu Enme Followers Ginaee Allu Arjun Ge Anhenunge
image
އައްލޫ އާއި އޭނާގެ އަންހެނުން އަދި ފިރިހެން ދަރިފުޅު--
0 ކޮމެންޓް
 

އެކްޓަރުންގެ އަބިންގެ ތެރެއިން ފްލޯވަރުން ދެވަނައަށް ގިނައީ އައްލޫގެ އަންހެނުންގެ

"ކިންގް އޮފް ސޯޝަލް މީޑިއާ" ގެ ނަމުން މަޝްހޫރު ތަމަޅަ ތަރި އައްލޫ އަރުޖުންނަށް އޭނާގެ ސަޕޯޓަރުން ނަންދީފައިވާއިރު އޭނާގެ އަންހެނުން ސްނެހާ ރެއްޑީ މިވަނީ އެކްޓަރުންގެ އަނބިންގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު އިންސްޓަގްރާމު މެދުވެރިކޮށް ފޮލޯކުރާ މީހާގެ ލަގަބު ހޯދާފައެވެ.
އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެކްޓަރުންގެ އަނބިންގެ ތެރެއިން އިންސްޓަގްރާމު މެދުވެރިކޮށް އެންމެ ގިނަ ބަޔަކު އެމީހަކު ފޮލޯކުރަމުން އަންނަނީ ބޮލީވުޑުގެ ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތު ކަޕޫރެއެވެ. އެގޮތުން އެމަގާމު އޭނާ އަތުގައި އޮތީ އިންސްޓަގްރާމު މެދުވެރިކޮށް 1.3 މިލިއަން ފޮލޯވާސްއާއެކުއެވެ. އަދި ދެވަނަ ސްނެހާ ހޯދާފައިވަނީ 1 މިލިއަން ފޮލޯވާސްއާއެކުއެވެ.
View this post on Instagram

#sundaybrunch ❤️

A post shared by Allu Sneha Reddy (@allusnehareddy) on


އުމުރުން 33 އަހަރުގެ ސްނެހާއަކީ ވިޔަފާރިއެއް ހިންގަމުން އަންނަ ފަރާތެކެވެ. ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް ފެނިގެންދާ ސްނެހާ އަންނަނީ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ފިރިމީހާ އާއި އޭނާގެ އާއިލާގެ ފޮޓޯތައް ވެސް ހިއްސާކުރަމުންނެވެ.

އުމުރުން 35 އަހަރުގެ އައްލޫ އަރުޖުންއާއި ސްނެހާ ކައިވެނިކޮށްފައިވަނީ 2011 ވަނަ އަހަރެވެ. އެގޮތުން އެމީހުންގެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖެއްގެ އިތުރުން އަންހެން ކުއްޖަކު ލިބިފައެވެ. ތަމަޅަ ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ތަރިކަމަށްވާ އައްލޫ އަރުޖުން ވަރަށް އަވަހަށް ބޮލީވުޑުން ވެސް ފެނިގެންދާނެކަމަށް ހަބަރުތައް ބުނެފިއެވެ. އޭނާ ވަނީ ރޭސް ގުރަމް އާއި ނާ ޕެރޫ ސުރްޔާ، ނާ އިއްލޫ އިންޑިއާ ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.
ހިޔާލު