Dilip kumar Anekka ves Hospitalugai Admit Koffi
image
ދިލިޕް ކުމާރު--
0 ކޮމެންޓް
 

ދިލިޕް ކުމާރު އަނެއްކާ ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ބޮލީވުޑްގެ ކުރީގެ އެކްޓަރު، އަދި ޕްރޮޑިއުސަރ ދިލިޕް ކުމާރު އަނެއްކާ ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ. Dhiraagu
ނުވަދިހަ ފަސް އަހަރުގެ ދިލިޕް ވަނީ މިދިޔަ މަހުވެސް ބަލި ހާލަތު ހުރި ގޮތުން ދެ ހަފްތާ ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ދިލިޕް އެޑްމިޓްކޮށްފައިވަނީ މޭ ގައި އިންފެކްޝަނެއް އުފެދި އޭގެ ސަބަބުން އުނދަގޫތަކެއް ވާތީކަމަށް ދިލިޕްގެ ޓުވިޓާ އެކައުންޓާ ހަވާލުވެފައި ހުންނަ ފައިސަލް ފަރޫގީ ވަނީ ބުނެފައެވެ.

ދިލިޕް މިފަހަރުވެސް އެޑްމިޓް ކޮށްފައިވަނީ މޭ ގައި އިންފެކްޝަނެއް އުފެދުމުން އެކަމަށް ފަރުވާ ހޯދުމަށް ކަމަށް ފައިސަލް ވަނީ ބުނެފައެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި މިއަދުގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށްވެސް ފައިސަލް ވަނި ބުނެފައެވެ.

ކިޑްނީގެ މައްސަލަ އަކާއި ގުޅިގެން މިދިޔަ އަހަރުވެސް ދިލިޕް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

ދިލިޕް ވަނީ 65 ވުރެ ގިނަ ފިލްމުތައް ކުޅެފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 1955 ގައި ނެރުނު "ދޭވްދާސް" އާއި 1960 ނެރުނު " މުގަލް އޭ އަޒަމް" އަދި 1986 ގައި ނެރުނު "ކަރްމާ" ހިމެނެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 1998 ގައި ނެރުނު "ކިލާ" އިންނެވެ.
ދިލިޕް ކުމާރް
ހިޔާލު