Namaste England ge Dhevana Trailer Nerefi
image
"ނަމަސްތޭ އިންގްލެންޑް" ގެ ދެވަނަ ޓްރައިލާގެ ތެރެއިން--
0 ކޮމެންޓް
 

"ނަމަސްތޭ އިންގްލެންޑް" ގެ ދެވަނަ ޓްރައިލާ ނެރެފި

ވިޕުލް އަމްރުތުލާލް ޝާހްގެ ކުރިއަށް އޮތް ފިލްމު "ނަމަސްތޭ އިންގްލެންޑް" ގެ ދެވަނަ ޓްރައިލާ ނެރެފިއެވެ. muni
ފިލްމުގެ ލީޑު ރޯލުން އަރްޖުން ކަޕޫރާއި ޕަރިނީތި ޗޯޕްރާ ފެނިގެންދާއިރު އެފިލްމުގެ ފުރަތަމަ ޓްރައިލާ ވަނީ މިދިޔަ މަހު ހަ ވަނަ ދުވަހު ނެރެފައެވެ. ފިލްމު ޓްރައިލާއަށް ޕޮސިޓިވް އަދި ނެގަޓިވް ކޮމެންޓު ލިބުނުއިރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ފިލްމު ދެވަނަ ޓްރައިލާއެއް ނެރުނީ އެސަބަބާ ހުރެއެވެ.

އެގޮތުން ފިލްމުގެ ދެވަނަ ޓްރައިލާ ބަލާލުމުން ފިލްމުގައި ވެގެންދާނެ ގޮތް އިނގިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. ފިލްމުގެ ފުރަތަމަ ޓްރައިލާއިން ޕަރިނީތި އާއި އަރްޖުންގެ ގުޅުން ފެނިގެންދިޔައެވެ. އަދި އެދެމީހުން ވަކިވެގެންދާ މަންޒަރާއި ޕަރިނީތި ލަންޑަނަށް ދިއުމުން އޭނާ އަނބުރާ އިންޑިއާއަށް ގެނައުމަށް އަރްޖުން ގަވައިދާ ހިލާފަށް ލަންޑަނަށް ދާ މަންޒަރު ފެނިގެންދެއެވެ.

ފިލްމުގެ ދެވަނަ ޓްރައިލާއިން އަރްޖުން ލަންޑަނަށް ގޮސް ޕަރިނީތި ޖެލަސް ކުރުމަށްޓަކައި އަރްޖުން އެހެން އަންހެނަކާ ކައިވެނި ކުރަން ތައްޔާރުވާ މަންޒަރު ފެނިގެންދެއެވެ. ނަމަވެސް ޕަރިނީތި އާއި އަރްޖުން އަލުން ގުޅޭ މަންޒަރެއް ފެނިގެނެއް ނުދެއެވެ.



"ނަމަސްތޭ އިންގްލެންޑް" ބިނާކޮށްފައިވަނީ ވަރަށް ޒުވާން އަދި މުޅިން އާ ލޯބީގެ ވާހަކައެއްގެ މައްޗަށް ކަމަށް ވިޕުލް ބުނެފައިވާއިރު އެފިލްމުގައި ޕަރިނީތި އަށް ކިޔުމަށް ހަމަޖެހިފައިވަނީ ޖަސްމީތެވެ. އަދި އަރްޖުން އަށް ކިޔަނީ ޕަރަމް އެވެ.

ފިލްމު މިމަހު 19 ވަނަ ދުވަހު ނެރުމަށް ނިންމާފައިވާއިރު އެފިލްމަކީ 2007 ވަނަ އަހަރު ނެރުނު ފިލްމު "ނަމަސްތޭ ލަންޑަން" ގެ ދެވަނަ ބައެވެ. އެފިލްމުގައި ލީޑު ރޯލުން ފެނިފައިވަނީ އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފެވެ.
ހިޔާލު