Goachai Flat Dhenee Ibuge Sarukaarai Dhekolhah Muzaahara Kuruvan?!
image
2 ކޮމެންޓް
 

ގޯއްޗާއި ފުލެޓް ދެނީ އިބޫގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުވަން؟!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ބިން ހިއްކާފައި ވަނީ އިއްޔެ އަކު ނޫނެވެ. އެ ބިމެއް އެތަނުގައި އޮންނަ ތާން މިހާރު ހިޔަ އަހަރުވެފައިވާ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ރައީސް ޔާމީނަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިންތައް ކުއްލިއަކަށް މި ފެނުނީ ރިޔާސީ އިންތިހާބުން ބަލިވުމުންނެވެ. ކަން ވާނީވެސް އެހެންނެވެ. ދިވެހިންގެ އާއްމު ވިސްނުމަކީވެސް ކަމެއްގައި ދެރަ ކަމެއް މެދުވެރިވުމުން ނޫނީ އެހެން މީހަކު ނުފެންނާނެއެވެ.

ރަހްމަތްތެރިންނާއި ގާތް މީހުން ފެންނާނީ ތިމާގެ ވަރަ ބިދުމުންނެވެ. ރައީސް ޔާމީންނަށް މިވީވެސް އެހެން ތޯއްޗެކެވެ. ކުއްލިއަކަށް މާލޭގައި ހާލުގައި އުޅޭ މީހުން މި ފެނުނީ ބޮޑު ތަފާތަކުން ރިޔާސީ އިންތިހާބުން ބަލިވުމާއި ގުޅިގެންނެވެ.

ރައީސް އޮފީހުން ހުޅުމާލެއިން ގޯތި ވިއްކަން ނިންމީ ދެ ސަބަބަކާ ހެދިއެވެ. އެއީ އެޗްޑީސީގެ ކޭޝް ފުޅޯ ތާށިވެފައިވާތީ ކޭޝް ފުލޯ ރަނގަޅު ކުރުމަށާއި، ހާލުގައި އުޅޭ މާލޭ މީހުންނަށް ލުއެއް ދިނުމަށެވެ.

ކުންފުނިތަކުގެ މާލީ ހާލަތު ދަތިވުމުން ކަންކަން ކުރައްވާ ގޮތް އެކޮނޮމިސްޓަކަށް ނޭނގުމަކީ އެހެން ބަޔަކު ކުށްވެރިވާން ޖެހޭ ސަބަބެއް ނޫނެވެ. ދިވެހި ތާރީހް ދުށް އެންމެ މޮޅު އެކޮނޮމިސްޓްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީނަށް ކުންފުނިތަކުގެ ކޭޝްފުލޯ ހުސްވުމުން ސަރުކާރުން އެކުންފުނިތަކަށް ލޯނު ދޭ ކަމާއި ނުވަތަ ކޮމާޝަލް އުސޫލުން ލޯނެއް ހޯދައިދޭ ކަން އޮޅުން ނުފިލާ އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

އަދި ހާލުގައި އުޅެ މާލޭ ރައްޔިތުން ފެނުނީ ކުއްލިއަކަށް ކަމަށްވެސް ހަމަ ބުއްދިން ވިސްނައިފި ނަމަ ގަބޫލެއް ނުކުރެވޭނެއެވެ. އެހެން ކަމުން "ނުވިހާ ކުދިންގެ ފޫޅު ވިއްކުން" ކަހަލަ ގޮތަކަށް އުފަންނުވެ ހުރި ފުލެޓް ތަކެއް ކުއްލިއަކަށް ވިއްކައި، ހުޅުމާލެއިން ގޯތި ދޫކުރަން ޖެހޭ އެހެން ސަބަބެއް އެބައޮތެވެ.

ހުޅުމާލޭ އުޅޭ ރައްޓެއްސަކު އަހަރެންނާއެކު ސަޔަކަށް ގޮސް ދެއްކި ވާހަކައެއްގެ ތެރެއިން ފިސާރި މޮޅު ވާހަކައެއް ދެއްކިއެވެ. އެ ރައްޓެހި މީހާ ކުރި ސުވާލަކީ "ހުޅުމާލެއިން ފުލެޓެއް ބޭނުންތޯ" އެވެ. ކުއްލިއަކަށް ޖަވާބު ދެވުނީ އާއެކޭ ކަމަށް ބުނެއެވެ.

ރައްޓެހިމީހާ އަހަރެންނާ ދިމާލަށް ބުނީ "ކުދިންތަކެއް" ގޮވައިގެން ޕީޕީއެމް އޮފީސް ދޮރުމަތީ އޮންނަ މުޒާހަރާގައި ދެތިން ރެއަކު ބައިވެރިވާނަމަ ފުލެޓް ހޯދައިދެވިދާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކުއްލިއަކަށް ފުލެޓާއި ގޯތި ދޫކުރާ ސަބަބނު އޮޅުން ފިލުވާލަ ދިނީ ހުޅުމާލޭ ރަހްމަތްތެރިއާއެވެ. ކަން ހިނގަނީ މި އުސޫލުން ކަމަށް ބެލެވެއެވެ. ހުޅުމާލެއިން ދޭ ފުޅެޓްތަކާއި ގޯތިތައް އަތުލައި އަލުން އޭގެ ހައްގުވެރިންނަށް ދޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަން ފެށުމުން ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވަނީ އެކަމަށް ރައްދު ދީ ގޯއްޗާއި ފުލެޓް ލިބޭ މީހުންނަށް އެތަކެތި އަނބުރާ ނުނެގޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ގޯއްޗާއި ފުލެޓް ބަހަން އުޅެނީ އިހްލާސްތެރި ކަމާއެކު ނަމަ ގިނަ ބަޔަކު އެތައް ޝަކުވާއެއް ކުރަމުންދާއިރު ދިގު ކިއޫއެއްގައި އާއްމުން އަވީގައި ލައިގެން އުޅެނީ ކީއްވެބާއޭވެސް ހިތައް އަރައެވެ.

"އެހެން ސަރުކާރު ތަކުންވެސް ފުލެޓް ފޯމް ލިން. މި ގޮތަކަށް އަހަރުމެން ގަނޑަ ތަޅުވާފައެއް ނެތް" ރޭ އިރާކޮޅު ކިއޫގައި ޖެހުނު މީހަކު ކިއޫގައި ހުރެގެން ބުންޏެވެ.

އެހެންކަމުން މިއުޅެނީ އިހްލާސްތެރި ކަމާއެކު ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫންކަން އެގެއެވެ. މި ނިންމުންތަކުގެ ފަހަތުގައި އެހެން ކަންތައްތަކެއް ފޮރުވިފައިވާ ކަން އެބަ ވިސްނެއެވެ.

ޕީޕީއެމުން ކުރާ މުޒާހަރާގައި ބައިވެރިވަނީ ވަރަށް މަދު ބައެކެވެ. ރައީސް ޔާމީންގެ ވިސްނުމުގައި ގޯއްޗާއި ފުލެޓް ބަހައިގެން އާ ސަރުކާރާއި ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަން ނެރުމުގެ ވިސްނުން ހުރެގެން އެ ވިސްނުމުގައި މަސައްކަތް ކުރެއްވި ނަމަވެސް އެކަން ހާސިލްވާ ތަނެއް ނުފެނެއެވެ.
ހިޔާލު

ސަލްވާ

ޢިބޫގެ ވެރިކަމުގަ ގެސް ފްލެޓްތައް ހަމަ އެމީހުނަށް ދިނީމަ ނިމުނީނު އޭރުން މުޒާހަރާ ކުރާކަށް ނުނުކުންނާ އެއްނު ނުހައްގުން ދީފަ އޮތަސް އިބޫގެ ސަރުކާރު ޒިންމާ ނަގާކަށް ނުޖެހޭނެއެއްނޫންތޯ

މުޙައްމަދު.

ހާސް ނުވޭ އާވެރިކަމަށް ދޮޅު އަހަރު ވާއިރަށް ފުލެޓް ތައް ނުލިބޭނެ ކަން އިގޭ ހިސާބުން މުޒާހަރާ ކުރާނެ ބަޔަކު ތައްޔާރު ކުރަނީ!