Raees Yamin Avahaara Kollan Ulhunu Kamah Buna Meehaa Dhookollan Ibu Arihun Edhivadaigenfi
image
މަދުޝަންކާގެ ދަރިފުޅާއި އަންހެނުން---
0 ކޮމެންޓް
 

ރައީސް އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ ލަންކާ މީހާ ދޫކޮށްލަން އިބޫ އަރިހުން އެދިއްޖެ

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ސްނައިޕަރެއް ކަމަށް ތުހުމަތު ކުރާ ސްރީލަންކާއަށް ނިސްބަތްވާ ލަހިރު މަދުޝަންކާ މިނިވަންކޮށް ދޫކޮށް ދިނުމަށް ސްރީލަންކާގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ. Dhiraagu
ފައިޒަރުވަނީ ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން އިބޫއާއި ބައްދަލު ވެސް ކުރައްވާފައެވެ.

ސްރީލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ފައިޒަރު އެކަމަށް އެދިވަޑައިގެންފައިވަނީ އިބޫއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ފައިޒަރުވަނީ 2015 ވަނަ އަހަރުން ފެށިގެން މަދުޝަންކާ ހައްޔަރުކޮށް ބަންދުކޮށްފައިވާ އިރު އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ކުރިއަށް ގެންދަން އެކަށީގެންވާ ހެކި ނެތް ކަމަށާއި އޭނާއަކީ ކުރިން ސިފައިންގެ ހިދުމަތުގައި އުޅެފައިވާ މީހެއް ވެސް ނޫން ކަމަށް އިބޫއަށް ދެންނެވި ކަމަށެވެ. ފައިޒަރުވަނީ އެ މައްސަލާގައި ހައްލެއް ހޯއްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން އިބޫ ދެއްވި ކަމަށް ވިދާޅުވެފައެވެ.
ހިޔާލު