Inthihaabu Baathilkuran Dhogu Intelligence Reporteh Neikamah Fuluhunge Bayaaneh Muhimmu: Raees Nasheed
image
0 ކޮމެންޓް
 

އިންތިހާބު ބާތިލްކުރަން ދޮގު އިންޓަލިޖެންސް ރިޕޯޓެއް ނެތްކަމަށް ފުލުހުންގެ ބަޔާނެއް މުހިއްމު: ރައީސް ނަޝީދު

އިންތިހާބު ބާތިލް ކުރުމަށް އުފެެއްދި ދޮގު ހެކީގެ ތެރޭގައި ފުލުހުންގެ ދޮގު އިންޓަލިޖެންސް ރިޕޯޓެއް ނުހިމެނޭ ކަމަށް ފުލުހުންގެ ބަޔާނެއް ވަރަށް މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ނިންމުން ރައީސް އަބްދުﷲ ޔާމީން ބަލައިގެންފައިވާ ކަމަށާއި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާ ކުރަން ޖެހޭ ކަމަށެވެ.


ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ރައީސް ޔާމީން އިންތިހާބު ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެނެވެ.

ރައީސް ޔާމީން އިއްޔެ ވަގުތެއްގައި ވަނީ އިންތިހާބު ބާތިލް ކުރުމަށް އެދި ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެހެން ނަމަވެސް އެ މައްސަލައާއި ގުޅެ މާ ބޮޑު މައުލޫމާތު ތަކެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އިންތިހާބު ބާތިލް ކުރަން ހުށަހެޅުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކާއި ބޭރުގެ ނުފޫޒު ގަދަ ގައުމުތަކުން ދަނީ އެކަމާއި ކަންބޮޑުވެ ރައްޔިތުންގެ ނިންމުން ނެގެހެއްޓުމަށް ގޮވާލަމުންނެވެ.

ރައީސް ޔާމީން ބަލިވެވަޑައިގެންނެވީ 38 ހާސް ވޯޓުގެ ތަފާތުންނެވެ. މިއީ އާ ގާނޫނު އަސާސީގެ ދަށުން މިހާ ބޮޑު ތަފާތަކުން އިންތިހާބެއްގައި މީހަކު ބަލިވި ފަހަރެވެ.
ހިޔާލު