Maramaree thakai Siyasee Faraithakai Gulhumeh Nei: Fuluhun
image
0 ކޮމެންޓް
 

މާރާމާރީތަކާއި ސިޔާސީ ފަރާތްތަކާއި ގުޅުމެއް ނެތް: ފުލުހުން

މިހާރު ރާއްޖޭގައި ހިގަމުންދާ މާރީމާރީ ތަކާއި ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ނޫސްވެރިންނަށް ސުވާލު ނުކުރެވޭ ގޮތަށް ފުލުހުން ދިން ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މިދިޔަ ދުވަސްތަކުގައި ހިންގި މާރާމާރީއާއި ގުޅިގެން 32 މީހަކު ފުލުހުންގެ ދަށަށް ގެނެސް ތަހްގީގު ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ ތަހްގީގުގެ ތެރޭގައި މި މާރާމާރީއަކީ ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުން އޮވެގެން ހިނގާ ކަމެއް ކަން ހާމަވެގެން ގޮސްފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ސިޔާސީ ހަލަބޮލިކަމާއެކު މާރާމާރީ ހިންގަން ބޭނުންވާ ފަރާތްތަކަށްވެސް ފުރުސަތު ލިބިގެންދާ ކަން ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ މިއަހަރު ތެރޭގައި ހިންގި މަރާމާރީ ތަކުގައި ތިން މީހަކު މަރުވެފައިވާ ކަމަށެވެ.
ހިޔާލު