Amaanthanakah Raajje Hadhan Raees Maumoon Ibu ai Eku
image
އިބޫއާއި ރައީސް މައުމޫން---
0 ކޮމެންޓް
 

އަމާން ތަނަކަށް ރާއްޖެ ހަދަން ރައީސް މައުމޫން އިބޫއާއެކު

އަމާންތަނަކަށް ރާއްޖެ ހައްދަވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރުމަށް އެމަނިކުފާނާއެކު ސާބިތުވެ ތިބޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އެހެން ވިދާޅުވެފައިވަނީ ރާއްޖެ އަމާން ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވެ އިންތިހާބީ ރައީސް އިބޫ މިއަދު ކުރެއްވި ޓްވީޓާއި ގުޅިގެންނެވެ. އިބޫގެ ޓްވީޓަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު އިބޫއާއެކު ސާބިތުވެ ތިބޭނެ ކަމަށެވެ.

ވޭތުވެ ދިޔަ ތިން ދުވަހެއްގެ ތެރޭގައި ނުރައްކާތެރި ބޮޑެތި މާރާމާރީތަކެއް ހިންގާފައިވާ އިރު ރޭ ވަނީ 14 އަހަރުގެ ކުއްޖަކު މަރާވެސް ލާފައެވެ.

އަމާން ތަނަކަށް ރާއްޖެ ހަދައި މީގެ ކުރިން އެކި ގޮތްގޮތަށް މަރާލާފައިވާ މީހުންނަށް އިންސާފު ހޯދާ ދީ އެ މަރުތަކުގެ ހަގީގަތް ދެނެގަތުމަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިންތިހާބީ ރައީސް އިބޫގެ ބޮޑު އެއް ވައުދެވެ.
ހިޔާލު