Goachah Edhi Mihaathanah Hushahelhee 5100 Form: Dr.Muizzu
image
0 ކޮމެންޓް
 

ގޯއްޗަށް އެދި މިހާތަނަށް ހުށަހެޅި 5100 ފޯމް: ޑރ.މުއިއްޒު

ހުޅުމާލެއިން ގޯތި ވިއްކުމުގެ ކަންތައް ހައުސިން މިނިސްޓްރީން ހުއްޓާލިއިރު، މިހާތަނަށް އެ މިނިސްޓްރީއަށް ގޯތި ހޯދުމަށް އެދި ހުށަހެޅި 5100 ފޯމް ބަލައިގެންފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. muni
ހައުސިން މިނިސްޓަރު ދެންމެ ވިދާޅުވީ ޖާގައިގެ ދަތިކަމާހުރެ ހައުސިން މިނިސްޓްރީން ގޯތި ވިއްކުން ހުއްޓާލައި އެކަން އެޗްޑީސީން ކުރާ ގޮތަށް ހަމަޖެއްސުމާއި ގުޅިގެން ހައުސިން މިނިސްޓްރީއަށް ލިބިފައިވާ ލިޔެކިއުންތައް އެކުންފުން ހަވާލު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފައި ހުރި 5100 އެއްހާ ފޯމްތައް ލިއެކިއުންތަކާއެކު އެޗްޑީސީއާއިު ހަވާލު ކުރާނަން" ޑރ.މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގޯތި ދޫކުރަން ހުޅުވާލުމާއި ގުޅިގެން ގިނަ ބަޔަކު ކިއު ޖެހިފައި ތިބޭތީ، ދޫވާލަކު ދޫކުރާ 500 ނަމްބަރަށް ވުރެ ގިނަ ނަމްބަރަށް ހިުދުމަތް ދިނުމަށްވެސް މަސައްކަތް ކުރެވުނު ކަމށެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީގައި ޖާގައިގެ ދަތިކަން ހުރުމާއި ގުޅިގެން ގިނަ ބަޔަކަށް އަވީގައި ތިބެ ނުޖެހި ފޯމް ލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަސް އެޗްޑީސީއާއި އެ މަސައްކަތް ހަވާލު ކުރެއްވީ ކަމަށެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، ހައުސިން މިނިސްޓްރީން ގޯތި ބެހުމުގެ ކަންތައްތައް ކުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އެ އޮފީހުގެ ގިން މުވައްޒަފުން ތަކެއް ވަނީ އެކަން ހުއްޓުވައި ދިނުމަށް އޭސީސީގައިވެސް އެދިފައެވެ.
ހިޔާލު