Agu heyokoh Hulhumale'in Goathi Vikkumaa HDCge Muvazzafun ves Dhekolhu!
image
އެޗްޑީސީ---ފޮޓޯ:ޝާން
1 ކޮމެންޓް
 

އަގު ހެޔޮކޮށް ހުޅުމާލެއިން ގޯތި ވިއްކުމާއި އެޗްޑީސީ މުވައްޒަފުން ވެސް ދެކޮޅު!

ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް ހުޅުމާލެއިން 400 ގޯތި ވިއްކައިފި ނަމަ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން އަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށް ބުނެ އެކަން ހުއްޓުވުމަށް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ މުވައްޒަފުން ފަށައިފިއެވެ.
އެޗްޑީސީގެ މުވައްޒަފުން ސޮއި ކުރަމުންދާ ޕެޓިޝަންގެ ކޮޕީއެއް ސީއެންއެމަށް ވެސް ވަނީ ލިބިފައެވެ. އެ ޕެޓިޝަން އޭސީސީއާއި، އެޗްޑީސީގެ ބޯޑަށާއި، އޮޑިޓަ ޖެނެރަލްގެ އޮފީހަށާއި، އެހެނިހެން ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅަން ވަނީ ނިންމާފައެވެ.

މުވައްޒަފުންގެ ޕެޓިޝަންގައި އެ އަގުގައި ބިންތައް ވިއްކައިފި ނަމަ ސެކަންޑަރީ މާކެޓުގައި ބޮޑު އަގުގައި ބިންތައް ވިއްކަން ފުރުސަތު ފަހިވެގެންދާނެ ކަމަށާއި، ބިންތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ލބިގެންދާނެ ކަމަށް ބުނެފައިވެއެވެ. އަދި އެޗްޑީސީއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމާ ކުރިމަތިވެދާނެ ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

ބިން ވިއްކަން މިހާރު ކަނޑައަޅާފައިވާ 400 ރުފިޔާއަށް އަކަފޫޓަކީ ހަމަ އަގަށްވުރެ މާ ދަށް އަގެއް ކަމަށާއި، ހަމައަގަކީ އަކަފޫޓަކަށް 1432 ރުފިޔާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުވާނެ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ. އަދި ހައުސިން މިނިސްޓްރީން މިހާރު ނިންމާފައިވާ ގޮތުން މިހާރު ބިމުގެ އަސްލު ހަމައަގަކަށްވާނީ 283 ރުފިޔާ ކަމަށާއި އެއީ މާ ދަށް އަގެއް ކަމަށް ވެސް ބުނެފައިވެއެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ އެއްފަހަރާ އެޗްޑީސީއަށް ލިބޭނީ 10 މިލިއަން ރުފިޔާ ކަމަށާއި އެއީ އެޗްޑީސީ މިހާރު އޮތް މާލީ ހާލަރުން އަރައިގަތުމަށް ކުޑަ އަދަދެއް ކަމަށް ބުނެފައިވެއެވެ.

އެޗްޑީސީން ނަގާފައިވާ ލޯނުތަކުގެ އެއްބަސްވުންތަކުގައި ކުންފުނީގެ އެއްވެސް މުދަލެއް ވިއްކޭނީ އާމްސް ލެންތު ބޭސިސްއިން ކަމަށް އެއްބަސްވެފައިވާ ކަމަށާއި އެއާއި ހިލާފަށް މާކެޓު ރޭޓަށް ނުބަލާ އެފަދަ މުއާމަލާތެއް ކޮށްފި ނަމަ އެޗްޑީސީން މިހާރު ނަގާފައިވާ ލޯނުތައް ޑީފޯލްޓުވެދާނެ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ލިބޭނެ ގެއްލުން އަދަދު ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ހިޔާލު

މާލެ މީހާ

ބަލަ އެޗްޑީސީ ކުދިންނޭ
އަހަރުމެން މާލެ ނަމަކަށް މީހުންނަށް އެއްޗެއް ލިބިދޭނެތީ ހާދަވަރެއް ތިޔަ ވަނީ
ބަލަ އަހަރުން ވަންނާނެ ތަނެއަދޭން ނޫޅޭތަނުގަ އަދި ލިބެން އޮތް މަގުވެސް ބަންދު ތިކޮށްލަނީ ކޮންގޮތަކުން ވިސްނާފަކަން އަންގައިދެއްވާށެވެ!
ޟ