ACCge Evves Engumakai Hilaafeh Nuvan: Dr.Muizzu
image
1 ކޮމެންޓް
 

އެންގުމަކާއި ހިލާފެއް ނުވަން، އޭސީސީއިން ވަނީ ފަހުގެ ސިޓީއަކުން ހުއްދަ ދީފައި: ޑރ.މުއިއްޒު

އެންޓި ކަރޮޕްޝަން ކޮމިޝަނުން އަންގާފައިވާ އެއްވެސް އެންގުމަކާއި ހިލާފު ނުވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. kobadoctor
ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓަލިކަން އިއުލާން ކުރައްވަމުން ޑރ.މުއިއްޒު ވިދާޅުވީ އޭސީސީގެ އެއްވެސް އެންގުމަކާއި ހިލާފު ނުވާ ކަމަށާއި، އޭސީސީން ފުރަތަމަ ގޯތި ވިއްކުމުގެ މަސައްކަތް މެދުކަނޑާލުމަށް އެންގި ނަމަވެސް ފަހުގެ ސިޓީއަކުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭސީސީން މިއަދުވެސް ބުނީ ހައުސިން މިނިސްޓްރީން އެ ކޮމިޝަނުގެ އެންގުންތަކާއި ހިލާފަށް އަމަލު ކުރަމުންދާތީ އެކަން ހުއްޓަލުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާ ނުލައިފިނަމަ ކޯޓް މެދުވެރިކޮށް ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ދެވިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން ދިޔައީ ހުޅުމާލެއިން 400 ގޯތި އަކަފޫޓަކަށް 400 ރުފިޔާގެ ރޭޓުން ވިއްކުމުގެ މަސައްކަތެވެ. އެ މިނިސްޓްރީން ބުނީ އެޑްވާންސަށް 25000 ރުފިޔާ ދިނުމަށްފަހު ބާކީވާ ފައިސާ ދިހަ އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ.
ހިޔާލު

މުޢީނު

މީ މަދޮޅިޖެހިގެން އުޅޭމީހެއް. ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރުމަށް ޔާމީނަށް އެހީތެރިވާ ބޭކަލެއް. ބަލާލާއިރު މޮޔަވައްތަރު ޖަހާ.