Ibu Raees Yameenah: Huthurukoh Kuda Kujjehen Nooolhuvvaa!
image
0 ކޮމެންޓް
 

އިބޫ ރައީސް ޔާމީނަށް: ހުތުރުކޮށް ކުޑަކުއްޖެއްހެން ނޫޅުއްވާ!

ހުތުރުކޮށް ކުޑަކުއްޖަކު އުޅުއްވާހެން ނޫޅުއްވާ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރެއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފިއެވެ.
އިންތިހާބީ ރައީސް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތައް ހުރީ ވެރިއެއްގެ އަހްލާގީ މިންގަނޑު ހުންނަން ޖެހޭ މިންގަނޑަކު ނޫން ކަމަށެވެ. އެހެން ކަމުން އިންތިހާބީ ރައީސް އިބޫ އެދިލައްވަނީ ރައީސް ޔާމީން ހުތުރުކޮށް ނޫޅުއްވާ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުމަށް ކަމަށެވެ.

މާރިޔާ ވިދާޅުވީ އިންތިގާލީ ކޮމެޓީތަކުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކުންވެސް ރައްޔިތުންގެ ނިންމުން ގަބޫލުކޮށް ވެރިކަން ބަދަލުކުރުމަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

"ސަރުކާރުގެ ތެރެއިންވެސް ފެންނަނީ ގިނަ ބޭފުޅުން އެކަމަށް (ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއަށް) އެއްބާރުލުން ދެމުންދާ ތަން." މާރިޔާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އިންތިހާބު ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގެ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް މިހާރު ވަނީ ތާވަލް ކުރެވިފައެވެ.
ހިޔާލު