Inthihaab Bathil Kuran Hushahelhi Massalaige Aduehun Adhihtha Dhuvahu
image
ސްޕްރީމް ކޯޓު---ފޮޓޯ:ހަމް
3 ކޮމެންޓް
 

އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުން އާދިއްތަ ދުވަހު

އިންތިހާބު ބާތިލު ކުރަން ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މެންދުރު އެކެއް ޖަހާއިރުއެވެ.

އެ މައްސަލާގައި ހޮނިހިރު ދުވަހު ލިއުމުން ޖަވާބުދާރީވާން ސްޕްރީމް ކޯޓުން މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެ މައްސަލާގައި ލިއުމުން ހޮނިހިރު ދުވަހު 11 ޖަހާއިރު ޖަވާބު ދާރީވާން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

"އިޖުރާއީ ކަންތައްތަކެއް ފާހަގަކޮށް އިންތިހާބު ބާތިލު ކުރަން ހުށަހަޅާފައިވަނީ. ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު އިންތިހާބުގެ ނަތީޖާއަށް ބަދަލު އައިސްދާނެ ފަދަ ކަމެއް ނެތް،" ޝަރީފު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެއެވެ. ސްޕްރީމް ކޯޓުން ވަނީ މައްސަލަ ރޭގެ ވަގުތެއްގައި ބަލައިގެންފައެވެ.

އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.

އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީން މިހާރު ހުށަހަޅުއްވާފައިވާ އިރު ރައީސް ޔާމީން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ކުރިން ވިދާޅުވެފައެވެ. އަދި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ރައީސް ޔާމީން ވަނީ މަރުހަބާ ވެސް ދަންނަވާފައެވެ.
ހިޔާލު

މުރާސިލް

ނިކުންނާނެ ހުކުމް:
ދެންފަހެ ނިމިދިޔަ ރިޔާސީ އިންތިހާބަކީ ޔާމީން އަބްދުލްގައްޔޫމް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބަކަށް ވީހިނދު، އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުގައި ވާދަކޮށް ޔާމީންމައްޗައް ގަދަވެ އިންތިހާބު ކާމިޔާބުކުރުމަކީ މި އިަނ ތިހާބުގެ މަގުސަދު ގެއްލޭ ކަމެއް ކަމުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯރޓުން ސާބިތުވެ، އިބްރާހިމް މުހައްމަދު ސޯލިހު އަކީ ޔާމީން ކަމަށްބަލާ ޔާމީން އަކީ އިބްރާހިމް މުހައްމަދު ސޯލިހު ކަމައް ނިމްމައި އިބްރާހިމް މުހައްމަދު ސޯލިހު ސަޚުސު އޮޅުވާލިކަމަށް ސާބިތުވެ 12 މަހުގެ ޖަލު ހުކުމްކޮށް މި ރިޔާސީ އިންތިހާބު ކާމިޔާބުރީ ޔާމީން އަބްދުްލް ގައްޔޫކަމުގައި ބަލާ އައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކޮށް ގަޒިއްޔާ ނިމްމީމެވެ. މީފަހުބަސް

އަހުމަދު

މިހާރު އޮންނާނީ ހުކުމްލިޔެނިމިފައި ކަންނޭގެ..... މިއީ ވ ބޮޑު ބަލާމުޞީބާތަކަށްވެއްޖެ.

ކާލި

އިންތިހާބުގައި ވޯޓްލާ ވޯޓް ގުނީ ރައްޔިތުން ކުރިމަތީގައި ވަރަށް ހާމަކަން ބޮޑުގޮތަށް އޭގައި އެއްވެސް އޮޅުވާލުމެއް މަކަރެއްނެތް ހެދިފައި، ދެން އޮތީ ބަޔަކު ރިޝްވަތު ހިފުން ނުވަތަ އެހެން ކަމެއްކުރުން އެއީ އެކަމެއް ކުރިބަޔެއްގެ ކަމެއް ރައްޔިތުންގެ ވޯޓާއި އެއްވެސް ގުޅުމެއް ހުރިކަމެއްނޫން !