Member Kamun isthiufaa Dhevvaa Shahid Sarukaaruge Magaamakaa Dhimaalah
image
ޝާހިދު އިބޫއާއެކު---
4 ކޮމެންޓް
 

މެންބަރުކަމުން އިސްތިއުފާ ދީ ޝާހިދު ސަރުކާރުގެ މަގާމަކާ ދިމާލަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާ ސަރުކާރުގެ މަގާމެއްގައި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން އަބްދުﷲ ޝާހިދު ފާޅު ކުރައްވައިފިއެވެ.
ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތުގައި އިބޫގެ ފަރާތްޕުޅުން އެންމެ އިސް ދައުރެއް މިހާރު ވެސް އަދާ ކުރައްވަމުން ގެންދަވާ ޝާހިދު ވިދާޅުވީ އިބޫ ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހު މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

17 ވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހިދުމަތް ކުރައްވާފައެވެ. ޝާހިދު މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުކަން އަދާ ކުރައްވަން ފެއްޓެވީ ވެސް އިބޫއާއެކުއެވެ.

ޝާހިދު ވިދާޅުވީ އިބޫ ހުވާ ކުރައްވާ ދުވަހު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށާއި އެއަށްފަހު އިބޫގެ ސަރުކާރުގައި މަގާމެއް ދެއްވައިފި ނަމަ އެ މަގާމެއްގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ. މަޖިލީހުގައި ހޭދަ ކުރި ދުވަސްތަކުގައި އެކި ކަހަލަ ދުވަސްތައް ތަޖުރިބާ ކުރެއްވި ކަމަށާއި ނަމަވެސް މިހާ ހިތްދަތި ކަޅު ދުވަސްތަކެއް ތަޖުރިބާ ނުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެތައް މެންބަރުންނަކަށް ވަނަ ނުދީ ހިފަހައްޓަމުންދާ އިރު އެތައް ރައްޔިތުންނެއްގެ އަޑު އިއްވުނަ ނުދީ ހިފަހައްޓާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ވެސް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އަދި ހާރިޖީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ.

ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޑީއާރުޕީގައި ހުންނެވުމަށްފަހު ޝާހިދު އިދިކޮޅު އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ 2013 ގެ އިންތިހާބުގެ ތެރޭގައެވެ. ޝާހިދު މިހާރު ހުންނެވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރުގެ މަގާމުގައެވެ.
ހިޔާލު

ޙަލީމު

ޔޫ އެން އަށް

ޞަދުރީ

ފޮރިން މިނިސްޓަރަށްވުން ވަރަށް ގާތް

ޙހ

ދެން ޝާހިދުގެ ދާއިރާ އަށް ކުރިމަތިލާނީ ރައީސް ނަޝީދު. ޢޭގެ ފަހުން ބަރުލަމާނީގެ ނިޒާމުގެ މަސައްކަތް ފެށި ބޮޑޮވަޒީރުކަމަށް ރައީސް ނަޝީދު ވަދައިގަންނަވާނެ

ޢަލި

ކެބިނެޓްގެ އެއް މިނިސްޓަރު މި ޔަގީންވީ