Inthihaababehey Massala Kuriyah Gendhanvanee TVthakun Live koggen: Suood
image
9 ކޮމެންޓް
 

އިންތިހާބާބެހޭ މައްސަލަ ކުރިއަށް ގެންދަންވާނީ ޓީވީތަކުން ލައިވްކޮށްގެން: ސުއޫދު

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ވާނީ ލައިވްކޮށް ޓީވީތަކުން ދައްކައިގެން ކަމަށް ކުރީގެ ބަންޑަރަ ނައިބް ހުސުނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ ރައްޔިތު އެންމެންގެ މަސްލަހަތާއި ގުޅިފައިވާ މައްސައެއް ކަމަށާއި، އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދަން ވާނީ އާއްމުންނަށް ހުޅުވާލައިގެން ކަމަށްވެސް ސުއޫދު ވިދާޅުވެފައިވެއެވެ.


ސްޕްރީމް ކޯޓަށް ފާޑު ކިޔަމުންދާތީ ހަތަރު މަހަށް ސަސްޕެންޑް ކޮށްފައިވާ ސުއޫދު މިގޮތަށް ވިދާޅުވިއިރު ރައީސް ޔާމީން އިންތިހާބު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޮވެމްބަރު މަހު 17 ވަނަ ދުވަހު ހުވާ ކުރައްވާނެ ކަމަށް ޓީވީން އިއުލާން ކުރެއްވުމަސްފަހު ރައީސް ޔާމީން ޕީޕީއެމްގެ މަދު ބަޔަކު ގޮވައިގެން މަގުތަކަށް ނިކުމެ ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.

އަދި އިންތިހާބުގައި ލިބިވަޑައިގަންނަވާނީ 96000 ވޯޓް އެކަނި ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވިއިރު، އެ އިންތިހާބު ބާތިލް ކުރާ ފަދަ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.
ހިޔާލު

ސައްޕޭ

ރާއްޖޭގެ ކޯޓުތަކުން ކޮންމެފަދަ ކަމެއްކޮށްފާނެ، ވީމާ ތިޔަ ޝަރީއަތްކުރާތަންް ހުރިހާ މީޑިއާތަކުން ލައިވް ކުރަންޖެހޭ...

ދެކޭމީހާކިޔާމީހާ

ތިވާހަކައަށް ތާއީދު!
ލައިވްކޮށް ދައްކަންބޭނުން ހުރިހައިޗެނެލަކުން ދެއްކޭގޮތަށްހަމަޖެއްސުމަކީ މިފަދަކަމެއްގައި އެންމެއެކަށީގެންވާގޮތް. އިޢުތިރާޒުކުރާނަމަ، އެއީގޯހެއް!

ޢަހުމަދު

ކުރީފަހަރުވެސް އަދި މިފަހަރުވެސް ވެރިކަންކޯޓުން ސާބަހޭ ވެރިކަމަށްބޫތުކެއަސް ބޮޑުވަރު..

ބޭބެ

ސްޕްރީމް ކޯޓުން ކުރާ ޝަރީޢަތް ކުރިއަށްގެންދަނޖެހޭގޮތް ކަޑައަޅަން މީނަމީ ކާކު ކުރަންއެގޭކަމަކީ މީހިންގެ އަތުން ލާރިނެގުން މަދުމަސްއަލައެއްނޫނީ ކާމިޔާބެއްނުވޭ

ވަނާޖުބޭ

ކެމްޕެއިން ނިންމާލީވެސް ޕޮލިސްލައްވާ އިބޫގެ އޮފީސް ޗެކުކޮއްފާ! ކިހިނެއްދެން ހަޖަމްކުރާނީ! ވެންމަސް ވެނަށްކާންދީފާ ކިހިނެއް ނަތީޖާ ހަޖަމްވާނީ!

ނުބައިހާނު

މިއީ ފަސްމީހެއްގެ ތަރިކަ މުދަލެއް ނޫނޭ ބޭނުންހ ަގޮތެއް ހަދާކަށް. 5 ލައްކަ ރައްޔިތުންނާ ކުޅެން އުޅުމަކީ ވ ބޮޑު ގޯހެއް. ހަމަ ހަނދާން ކޮށްލަދިނީ އަހަރެމްނ ކޮޓަރީގަ ނިދަން ނުތިބޭނެކަން

ގޯނިބެ

އަދި އިންތިހާބުގައި ލިބިވަޑައިގަންނަވާނީ 96000 ވޯޓް އެކަނި ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.. ދެން ކޯޓުން ބާކީ ހޯދަންތޯ ތިއުޅުއްވަނީ...😂😂

ނަޒީރު

މަވެސް ބޭނުން މަގޭވެސް ހަޤެއް މަވެސް ވޯޓް ދިނިން

ށުމާ

މީތޯ ފަނޑިޔާރަކީ