Mi Meeha 13 in Feshigen Pepsi nun Ithuru Ehcheh Nuboe
image
ޖެކީ ޕޭޖް--
3 ކޮމެންޓް
 

މިމީހާ 13 އަހަރުން ފެށިގެން ޕެޕްސީ ނޫން އިތުރު އެއްޗެއް ނުބޮއެ

އިނގިރޭސި ވިލާތުގެ ޖެކީ ޕޭޖް ނަމަކަށް ކިޔާ މިއަންހެންމީހާ 13 އަހަރުން ފެށިގެން ހަމައެކަނި ބޮނީ ޕެޕްސީ ކަމަށް އެމީހާ ބުނެފިއެވެ. muni
އުމުރުން 77 އަހަރުގެ ޖެކީ ބުނިގޮތުގައި އޭނާ ފުރަތަމަ ފަހަރު ޕެޕްސީ ބޯން ފެށީ އުމުރުން 13 އަހަރުގައެވެ. އަދި ޕެޕްސި ނޫން އިތުރު އެއްޗެއް ނުބޯތާ މިހާރު 64 އަހަރު ވެއްޖެކަމަށް ޖެކީ ވަނީ ބުނެފައެވެ. އެގޮތުން ކިތައްމެ ކަރުހިތްކައިގަތް ނަމަވެސް ފެން ނުބޯ ކަމަށް ޖެކީ ބުނެއެވެ.

ޖެކީ ބުނިގޮތުގައި އޭނާ ހެނދުނު ހޭލާގޮތަށް ވެސް ފުރަތަމަ ބޮނީ ޕެޕްސީއެވެ. ސަބަބަކީ އޭނާއަށް އެންމެ ކަމުދަނީ ޕެޕްސީ ކަމަށް ޖެކީ ބުނެއެވެ. އަދި އިތުރު އެއްވެސް އެއްޗެއް ކަމުނުދާ ކަމަށް ޖެކީ ވަނީ ބުނެފައެވެ. އޭގެ އިތުރުން ޕެޕްސީ ފުޅި ކަމުނުދާކަމަށާއި ޖެކީ އަށް ހަމައެކަނި ކަމުދަނީ ޕެޕްސީ ދަޅުކަމަށް އެނާ ވަނީ ބުނެފައެވެ.

ޖެކީއަށް މުނިމާމަ ކިޔާ އަށް ކުދިން ތިބޭއިރު މާމަ ކިޔާ 11 ކުދިން ތިބެއެވެ. "ދަރިންނަށް ގޭގެ ފްރިޖް އިން ޕެޕްސީ ދަޅު ނަގައިގެން ނުވާނެ ކަން އިނގޭނެ. އަދި ދަރިން ޕެޕްސި ދަޅު ބުއެފާނެތީ ދަރިން ކައިރި ޕެޕްސީ ބުއިމުން ލިބެނީ ގެއްލުން ކަމަށް ބުނެފަ ވާނީ. ނަމަވެސް ދަރިންނަށް އެނގޭނެ އަހަންނަށް ބަލާލަފަ އަހަރެން ސިއްހަތު ރަނގަޅުކަން. އޭގެން ގެއްލުން ނުވާކަން" ޖެކީ ބުނެއެވެ.

ޖެކީ ބުނިގޮތުގައި އޭނާ ދުވަހަކުވެސް ފެނެއް ނުބޮއެވެ. އަދި މަރުވާން އުޅުނަސް ފެނެއް ނުބޯނެ ކަމަށް ޖެކީ ވަނީ ބުނެފައެވެ.
ހިޔާލު

ބުލޫ

ތި މާމަ އަށް ޕެޕްސީ އިޝްތިހާރު ކޮށްގެން ކިހާ ވަރެއް ލިބުނު ތަ؟

ޔަމްނާހު

ތިމީހާ ޕެޕްސީ ދަޅަކައް ނުވިކަން ނަސީބެއްނުން..

ާވަދޭ

މީ ރާއްޖޭގެ މުއައްސަސާތަކުގެ ވެރިންނާ ބައެއް ސިޔާސީ ވެރިން ވެސް ދަސްކުރަން ވެއްޖެ ކަމެއް. ޙަމަވެރިކަން ބަދަލުވާއިރަން ބޯންޖެހޭއެއްޗިހި ބަދަލުކުރާކަށް ނުޖެހޭ.