Gaumee Team Ge Kureege Coach Stewart Maruvejje
image
ޑެރަން ސްޓޭވާޓް ފޮޓޯ:-- މިހާރުސްޕޯޓްސް
0 ކޮމެންޓް
 

ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްޓެވާޓް މަރުވެއްޖެ

ދިވެހި ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑެރަން ސްޓެވާޓް މަރުވެއްޖެ އެވެ.
އުމުރުން 52 އަހަރުގައި ސްޓެވާޓް މަރުވެފައިވާކަން އޭނާ ކުރިން ކޯޗުކަން ކޮށްދީފައިވާ ބައެއް ޓީމުތަކުންނާއި ބައިނަލް އަގުވާމީ ބައެއް ނޫސްތަކުން ކަށަވަރު ކޮށްދީފައިވީ ނަމަވެސް އަދި މިކަމާ ގުޅިގެން ސްޓެވާޓްގެ އާއިލާއިން އެއްވެސް މީޑިއާއަކަށް މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. މިހެންކަމުން ސްޓެވާޓްގެ މަރާ ގުޅޭ މާބޮޑު ތަފްސީލެއް އަދި މިހާތަނަށް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ސްޓެވާޓް ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ވަގުތީ އެއްބަސްވުމެއްގައި ގައުމީ ޓީމާ ހަވާލުވެ، އޭނާގެ އިރުޝާދުގެ ދަށުން ރާްއްޖެ ވަނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. ސްޓެވާޓްއާއެކު އެފްއޭއެމުން ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގައި ނެރުނު ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ.

ސްޓެވާޓް މަގާމުން ވަކި ކުރުމަށްފަހު އެމަގާމަށް އެފްއޭއެމުން ހަމަޖެއްސީ ޕީޓާރ ސެގަޓް އެވެ. ސެގަޓްގެ އިރުޝާދުގެ ދަށުން ދިވެހި ގައުމީ ޓީމުން ވަނީ ދާދިފަހުން ސަރަހައްދީ ފެންވަރުގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.
ހިޔާލު