Dhuniyeyge Ehme Kuda Isthihaarugai Isthahtehge Fulhamin ves Nuhurey
image
ދުނިޔޭގެ އެންމެ ކުޑަ އިސްތިހާރު--
0 ކޮމެންޓް
 

ދުނިޔޭގެ އެންމެ ކުޑަ އިސްތިހާރުގައި އިސްތައްޓެއްގެ ފުޅަމިން ވެސް ނުހުރޭ

ދުނިޔޭގެ އެންމެ ކުޑަ އިސްތިހާރުގައި އިސްތައްޓެއްގެ ފުޅަމިން ވެސް ނުހުރެއެވެ.
ނެދާލެންޑުގެ އޭއެސްއެމްއެލް ނަމަކަށް ކިޔާ ކމްޕެނީން ވަނީ ދާދި ފަހަކުން ދުނިޔޭގެ އެންމެ ކުޑަ އިސްތިހާރު ހަދާ ދުނިޔޭގެ ރިކޯޑު ފޮތުން ޖާހަ ހޯދާފައެވެ. ރިޕޯޓުތަކުން ބުނާގޮތުގައި އެއިސްތިހާރަކީ ހަމަލޮލަށް ނުފެންނަ ވަރުގެ އިސްތިހާރެކެވެ. އެގޮތުން އެއިސްތިހާރުގައި 22.37 މައިކްރޯމީޓަރާއި 7.76 މައިކްރޯމީޓަރު ހުރެއެވެ. އަދި ސާޕޭސް އޭރިއާގައި 28 މައިކްރޯމީޓަރު ހުންނަ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެއިސްތިހާރުގައި ލިއެފައިވަނީ " ޓު ޓުރޫލީ ގޯ ސްމޯލް ޔޫ ހޭވް ޓު ތިންކް ބިގް# ސްމޯލެސްޓް އެޑް އޭއެސްއެމްއެލް" އެވެ.


ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް ރިޕޯޓުތަކުން ބުނާގޮތުގައި އިންސާނެއްގެ އިސްތަށްޓެއްގެ ފުޅާމިނަކީ 75 މައިކްރޯމީޓަރެވެ. އެރެކޯޑު މީގެ ކުރިން ހޯދާފައިވަނީ ފާސްޓް ފުޑް ޗެއިން އަރްބީއިންނެވެ. އެގޮތުން އެކޮމްޕެނީން ވަނީ 735 މައިކުރޯމީޓަރުގެ އިސްތިހާރެއް ހަދާފައެވެ.
ނެދަލޭންޑްސް ރެކޯޑް
ހިޔާލު