Bolun Isthashi Faiva Nama Mithakethi Beynun Kurevidhaane
image
ބޮލުން އިސްތަށި ފައިބާނަމަ މިތަކެތި ބޭނުން ކުރެވިދާނެ--
0 ކޮމެންޓް
 

ބޮލުން އިސްތަށި ފައިބާނަމަ މިތަކެތި ބޭނުން ކުރެވިދާނެ

އިސްތަށިގަނޑަކީ ކޮންމެ މީހަކު ލޯބިވާ އެކަށްޗެވެ. އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ގިނަ ގަންތައްތައް މީހުން ކުރެއެވެ. އެގޮތުން އިސްތަށިގަނޑުގައި ފާޑު ފާޑުގެ ކްރީމް އުނގުޅައި ކުލަ ޖައްސާ ޖެހުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން އިސްތަށޮގަނޑަށް ލިބޭ ގެއްލުމާ ދޭތެރޭ ގިނަ ފަހަރު ނުބެލެއެވެ. ނަތީޖާއަކަށް ވަނީ ބޮލުން އިސްތަށިފައިބާ އިސްތަށިގަނޑު ހަލާކުވުމެވެ. Dhiraagu
މިކަމަށް ހައްލެއް ލިބިދާނެއެވެ. ގޭގައި އަމިއްލައަށް ތައްޔާރުކޮށްލެވޭ އެއްޗެއް ބޭނުން ބޭނުންކޮށްގެން ފަސޭހައިން ބޮލުން އިސްތަށި ފޭބުން ހުއްޓުވިދާނެއެވެ.

ބޮލުން އިސްތަށި ފައިބާނަމަ ބޭނުން ކުރެވިދާނެ ބައެއް ތަކެތި:

ފިޔާ
ބޭނުން ކުރާނެ ގޮތް: ފިޔާ ކޮށާލުމަށްފަހު މިކްސްޗަރުން ނުވަތަ ފިޔާ ގާނާ އެއްޗަކުން ފިޔާތައް ކުދިކޮށްލުމަށްފަހު އޭގެ ދިޔަ ނަގާނީއެވެ. އަދި އެއަށްފަހު އޭގެ ކަންފަތް ބުރަކުން އިސްތަށިފައިބަމުންދާ ހިސާބެއްގައި (ބޮޅުގައި) އުނގުޅާނީއެވެ. އަދި 20 ނުވަތަ 30 މިނެޓަށް ފަހުން ކުޑަ ޝޭމްޕޫ ކޮޅެއް ބޭނުންކޮށްގެން ބޯދޮވެލާނީއެވެ. މިކަން ހަފްތާއަކު އެއްފަހަރު ކުރެވިދާނެއެވެ.

ބިސް
ބޭނުން ކުރާނެ ގޮތް: ކުކުޅު ބިހުގެ ހުދުބައި ޒައިތޫނި ތެޔޮ ފޮދަކާއި އެއްކުރާށެވެ. އަދި ރަނގަޅަށް ގިރާލެވުމުން ތަލައިގައި އަދި އިސްތަށިގަނޑުގައި އުގުޅާށެވެ. އެއަށްފަހު 15 ނުވަތަ 20 މިނެޓަށްފަހު ކުޑަ ސޭމްޕޫ ކޮޅެއް ބޭނުންކޮށްގެން ބޯ ދޮވެލާށެވެ.

ޔޯގަޑް
ބޭނުން ކުރާނެ ގޮތް: ދެ ސަމްސާ ޔޯގަޑް ތެރެއަށް އެއް ސަމްސާ މާމުމި އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ. އަދި ބުރުހެއް ބޭނުންކޮށް ތަލައިގައި އުޅުޅާނީއެވެ. އެއަށްފަހު 30 މިނެޓު ފަހުން ފިނިފެނުން ދޮންނާނީއެވެ. މިކަން ހަފްތާއަކު ދެފަހަރު ކުރެވިދާނެއެވެ. މިކަން ކުރުމަށް އާންުމުގޮތެއްގައި ބޭނުންކުރާނީ ގްރީކް ޔޯގަޑެވެ.

މިކަންތައްތަކުގެ އިތުރުން ކަންކަމާ އެވަރަށް ނުވިސްނާ، ރަނގަޅަށް ކައި، ނިދި ހަމަކުރުމުންވެސް ބޮލުން އިސްތަށި ފޭބުމަށް ހައްޔެއް ލިބިދާނެއެވެ.
ހިޔާލު