Order kuri Hama ekani Fenah, Tip akah 10,000 Dollar
image
އަލައިނާ ކަސްޓާ--
0 ކޮމެންޓް
 

އޯޑަރު ކުރީ ހަމައެކަނި ފެނަަށް، ޓިޕް އަކަށް 10،000 ޑޮލަރު

އެމެރިކާގެ ގްރީންވިއްލޭގެ ސްއަޕް ދޯގް ނަމަކަށް ކިޔާ ރެސްޓޯރެންޓަށް އައި ކަސްޓަމަރެއް ފެނަށް އޯޑަރުކުރުމަށްފަހު އޭނާއަށް ސާވްކޮށްދިން ސްޓާފަށް 10،000 (ދިހަ ހާސް) ދޮލަރު ދީފިއެވެ. kobadoctor
އަލައިނާ ކަސްޓާ ނަމަކަށް ކިޔާ ރެސްޓޯރެން ސްޓާފަށް ޓިޕެއް ގޮތުގައި 10،000 ޑޮލަރު ލިބުނު އިރު އޭނާ ބުނީ އޭނާ އަށް ފުރަތަމަ އެކަން ގަބޫލު ނުކުރެވުން ކަމަށެވެ. އަދި އެހާ ގިނަ ސަތޭކައިގެ ނޯޓުތައް ނެގުމުން އަތް ތުރުތުރު އެޅިކަމަށާއި އޭނާ ހީކުރީ މީހަކު އޭނާއަށް ސަމާސާ ކުރަނީ ކަމަށެވެ.

އަލައިނާ ބުނިގޮތުގައި އެކަސްޓަމަރު އޯޑަރު ކުރީ ހަމައެކަނި ދެ ފެންތައްޓަށެވެ. އަދި ފެންތަށި ބުނިމަށްފަހު ކާއެއްޗެހީގެ މެނޫ ބެލުމަށްފަހު އެއްޗެއް އޯޑަރު ނުކޮށް މޭޒުމަތީގައި ފައިސާ އާއެކު ކުޑަ ލިޔުންކޮޅެއް ބޭއްވުމަށްފަހު އެމީހާ ދިޔައީ ކަމަށެވެ. އެގޮތުން އެލިޔުންކޮޅުގައި އެމީހާ ވަނީ އެމީރު ފެންތަށި ދިނުމުން ޝުކުރު އަދާކޮށްފައެވެ.

ރެސްޓޯރެންޓުގެ ބޮޑުމީހާ ބުނިގޮތުގައި އެމީހުން ވަނީ އެއީ ކާކު ކަން ހޯދާ އެހާ ގިނަ ފައިސާ ދިން ސަބަބު އަހާފައެވެ. އެގޮތުން އެމީހާ ބުނީ އެނާ އެފައިސާތައް ދިނީ ރަނގަޅު މީހުންނަށް އަދިވެސް ރަނގަޅު ގޮތް ވާކަން އެންމެނަށް އެންގުމަށް ޓަކައި ކަމަށެވެ.
ހިޔާލު