Raees Nasheed Minivan kurumah majlis ah garaareh!
image
ރައީސް ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ގަރާރެއް!
3 ކޮމެންޓް
 

ރައީސް ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ގަރާރެއް!

13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް މާދަމާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ. muni
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ގަރާރު ހުށަހަޅުއްވަނީ މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއި އެކުގައެވެ. އެ މެމްބަރުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައިވާއިރު އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށްވަނީ ނިންމަވާފައެވެ. އަދި ރައީސް ނަޝީދަށް މަރުހަބާ ދެންނެވުން ކުލަ ގަދަކޮށް ކުރިއަށް ގެންދިއުމަށް އެމްޑީޕީން އަންނަނީ ތައްޔާރު ވަމުންނެވެ.

ރައީސް ނަޝީދު މިނިވަން ކުރުމުގެ ގަރާރު މާދަމާ މަޖިލީހަށް ހުށަހަޅާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މާދަމާ މަޖިލީހަށް ހުށަހަޅަންވަނީ ނިންމާފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 51 މެމްބަރަކު ސޮއި ކުރައްވާފައިވާއިރު އެ މެމްބަރުންގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ 11 މެމްބަރަކު ހިމެނޭކަމަށްވެސް މައުލޫމާތު ލިބެއެވެ.
ހިޔާލު

ހިޔާލު

ކަންކުރަންވާގޮތަށް ނުކޮއް އަމިއްލައަށް ފެންނަގޮތައް ކަންކުރަން ބާރު އެޅާ އަދި އެގޮތަށް އަމަލުކުރުމަށް މީހުންނަށް ބާރު ދިނުމުން ހިތައްއަރަނީ އާސަރުކާރުން ކިހާ ވަރަކަށް އިންސާފު ގާއިމު ކުރެވޭނެބާވައެވެ. ކޯޓުގެ ހުކުން ބާތިލުކުރަން ކޯޓަށް ދިޔަނަމަ ކޮންމެ މީހަކުވެސް އިންސާފު ހޯދުމުގައި އަމަލު ކުރަންއޮންނަ ގޮތަށް އަމަލު ކުރާނެކަމުގެ ޔަގީންކަން އާއްމު ރައްޔިތުންނަށް ބޮޑުވެގެން ދިޔައީސް ކަން ކަށަވަރެވެ.

އާދަމް ޝަރީފް

ކޯޓުން ހުކުމް ކުރައްވާފައިވާ ބޭފުޅަކު ދޫކޮށްލުމަށް މަޖިލިސްއިން ފާސްކުރެވޭނެބާ؟ މަޖިލިސް އިން ފާސްކުރިއަސް ދޫކުރެވޭނީ ކޯޓުން އަމުރެއް ނެރެގެން. ރައީސް ނަޝީދުގެ ޝަރީޢަތް ރަގަޅުނޫންކަމަށް އދ.އިން ނިންމާފައިވުމާއެކު ސްޕްރިމް ކޯޓުން ނަޝީދުގެ މައްސަލަ ރިވިއުކޮށް އަމުރެއް ނެރެވިދާނެ.

ޢަލީ

މަޖިލީހަށް ޤަރާރު ހުށަހެޅުމުގެ ބަދަލުގަ މައްސަލަ ރިވިއު ކޮށްދިނުމަށް ސްޕްރީމް ކޯޓުގަ އެދެންވީނު ލަސްނުކޮށް... ކީއްވެތޯ ތިއުޅެނީ އަޞްލު މަގު ޚިޔާރު ނުކުރަން.. ލަދުން ދޯ.. ނޫނީ ފޮނި ބޮޑުވަނީތޯ..؟