Iyye Valhi Jahai Zahamkolli Meehaage Haalu Adhives Serious
image
ހަމަލާ ދިން ސަރަހައްދު--- ފޮޓޯ: ވަން އޮންލައިން
0 ކޮމެންޓް
 

އިއްޔެ ވަޅި ޖަހައި ޒަހަމްކޮށްލި މީހާގެ ހާލު އަދިވެސް ސީރިއަސް

ހެންވޭރުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކުރިމަތިން އިއްޔެ ވަޅި ހަރައި ޒަހަމްކޮށްލި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާ އަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭގެ މީޑިއާ އޮފިޝަލު "ސީއެންއެމް" އަށް ވިދާޅުވީ، ވަޅި ހަރައި ޒަހަމްކޮށްލުމާއި ގުޅިގެން ފަރުވާދެމުން އަންނަނީ އުމުރުން 28 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި ޒަހަމް ކޮށްލި މީހާގެ ހާލު ސީރިސް ކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް އޭނާ އަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ތަފްސީލެއް ނުދެއްވަ އެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނި ގޮތުގައި ވަޅި ޖަހައި ޒަހަމް ކޮށްލާފައި ވަނީ މާލޭ ރިންގް ރޯޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހެއްގެ މެޔަށެވެ. އަދި އޭނާއަށް ވަޅިން ހަމަލާދީފައިވަނީ ވެސް ސައިކަލެއްގައި ދިޔަ ދެ މީހެއް ކަމަށް ވެއެވެ. ނަމަވެސް ވަޅި ޖެހުމަށް ފަހު އެމީހުން ވަނީ އެތަނުން ފިލާފަ އެވެ.

ވަޅި ޖެހުމާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެ އެވެ.
ހިޔާލު