Niyafathi Varugadha koh Behehtmah Mithakethi Beynun Kurey
image
ނިޔަފަތި ވަރުގަދަ ކޮށް ބެހެއްޓުމަށް މިތަކެތި ބޭނުންކުރޭ
0 ކޮމެންޓް
 

ނިޔަފަތި ވަރުގަދަ ކޮށް ބެހެއްޓުމަށް މިތަކެތި ބޭނުންކުރޭ

ގިނަ މީހުންނަކީ ނިޔަފަތިތައް ރީތިކޮށް ބެހެއްޓުމަށް ގިނަ މަސައްކަތް ކުރާ ބައެކެވެ. ނަމަވެސް ނިޔަފަތި ރީތިކޮށް ބެހެއްޓުމަށް ބޭނުންކުރެވޭ އެއްޗެއްގެ ސަބަބުން ނިޔަފަތިތައް ހަޔާކުވެގެން ދެއެވެ. ހާއްސަކޮށް ނިޔަފަތި ދިގުކޮށްފައި ހުންނަ އިރު ނިޔަފަތި ބިންދައިގެން ދިއުމަކީ އެކަމުގެ ހެއްކެކެވެ. muni
ނިޔަފަތި ހަލާކުވުމުން ގިނަ މީހުން އެކަން ފޮރުވުމަށް އާޓިފިޝަލް ނިޔަފަތި ޖަހައެވެ. އަދި ތަފާތު ވައްތަރު ވައްތަރުގެ ނެއިލް ޕޮލިޝް ބޭނުންކުރެއެވެ. މިފަދަ ތަކެތި ނިޔަފަތި ރީތި ކުރުމަށްޓަކައި ބޭނުން ކުރުމުގެ ބަދަލުގައި އަދި އުނގުޅުމުގެ ބަދަލުގައި ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ނިޔަފަތި ރީތިކޮށް ވަރުގަދަ ކުރެވިދާނެއެވެ.

ބޭނުން ކުރެވިދާނެ ބައެއް ތަކެތި:
ލުބޯ ދިޔަ
ބޭނުން ކުރާނެ ގޮތް: އެއް މޭޒުމަތީ ސަމްސާ ލުބޯ ދިޔަ އަދި ތިން މޭޒުމަތީ ސަމްސާ އޮލިވް އޮއިލް، ކުޑަ ތައްޓަކަށް ރަނގަޅަށް އެއްކޮށްލުމަށްފަހު ކުޑަކޮށް ހޫނުކޮށްލާނީއެވެ. އަދި އެއަށްފަހު ކަފަބުރަކުން ނިޔަފަތިތަކުގައި އުނގުޅާނީއެވެ. މިކަންތައް އާންމުކޮށް ކުރާނީ ނިދުމުގެ ކުރިންނެވެ. އަދި ހެނދުނު ހޭލުމަށްފަހު ރަނގަޅަށް ނިޔަފަތިތައް ދޮވެލާނީއެވެ.

އޮރެންޖު ދިޔަ
ބޭނުންކުރާނެ ގޮތް: ތާޒާ އޮރެންޖު ދިޔައިގެ ތެރެއަށް ނިޔަފަތިތައް 10 މިނެޓު ވަންދެން ބަހައްޓާނީއެވެ. އަދި އެއަށްފަހު ރަނގަޅަށް ނިޔަފަތިތައް ދޮވެލާނީއެވެ. މިކަންތައް ކޮންމެ ދުވަހަކު ވެސް ކުރެވިދާނެއެވެ.

ޓޮމާޓޯ
ބޭނުންކުރާނެ ގޮތް: ބައި ޖޯޑު ޓޮމާޓޯ ދިޔަ ތެރައަށް ދެ މޭޒުމަތި އޮލިވް އޮއިލް އަޅާ ރަނގަޅަށް އެއްކޮށްލާނީއެވެ. އެއަށްފަހު ނިޔަފަތިތަކުގައި އުނގުޅާނީއެވެ. އަދި 10 މިނެޓު ފަހުން ރަނގަޅަށް ދޮވެލާނީއެވެ.

މިކަންތައްތަކުގެ އިތުރުން ރަނގަޅު ކާނާ ކައި ނިޔަފަތި ރަނގަޅަށް ބެލެހެއްޓުމުންވެސް ނުޔަފަތި ވަރުގަދަވެ، ހަލާކުވެސް ކުޑަވާނެއެވެ.
ހިޔާލު