Raajjeyge nan beynunkohgen mashooruvi Thailand resort bandhukohfi
image
ތައިލޭންޑުން ބަންދުކުރި މޯލްޑިވްސް ބީޗް ރިސޯޓު.
0 ކޮމެންޓް
 

ރާއްޖޭގެ ނަން ބޭނުންކޮށްގެން މަޝްހޫރުވި ތައިލޭންޑް ރިސޯޓް ބަންދުކޮށްފި

ރާއްޖޭގެ ނަން ބޭނުންކޮށްގެން މަޝްހޫރުވި ތައިލޭންޑްގެ ރިސޯޓް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަންގައިގެން ބަންދުކޮށްފި އެވެ. muni
އެ ރިސޯޓް ބަންދުކުރީ ރާއްޖޭގެ ނަމާއި އެކު އެ ރިސޯޓުން މަޝްހޫރުކަން ހޯދުމުންނެއް ނޫނެވެ. އެތަން ބަންދުކުރީ ހޯދަން ޖެހޭ ހުއްދަތައް ނުނަގާ ބައެއް ތަންތަން އިމާރާތް ކުރިކަން ފަޅާއެރުމުންނެވެ.

އެގޮތުން އެ ތަނުގެ ބައެއް މޫދު ކޮޓަރިތައް ހަދާފައިވަނީ ހުއްދަ ނުނަގާ ކަމަށް ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. އޭގެ އިތުރުން އެ ތަނުން އަމަލު ކޮށްފައިވާ ގޮތުން ޖަންގަލީގެ ބައެއް ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.

ތައިލޭންޑް މީހުންގެ މެދުގައި ޗަންތަބޫރީގެ ރާއްޖޭގެ ގޮތުގައި އެ ރިސޯޓް އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ އެ މީހުން ހުއްދަ ނުނަގާ އިމާރާތްކުރި މޫދު ކޮޓަރިތަކާއި އެކުގަ އެވެ. އެއީ ރާއްޖޭގެ ރިސޯޓުތަކުގައި ހުންނަ ވޯޓާ ވިލާތަކުގެ އިހުސާސު ގެނައުމަށް އެތަނުން ހަދާފައިވާ މޫދު ކޮޓަރިތަކެއް ކަމަށް ވެއެވެ.

މޯލްޑިވްސް ބީޗް ރިސޯޓުގެ ނަން ދީފައިވާ އެ ތަނުގައި ހުއްދަ ނުނަގާ މޫދު ކޮޓަރިތަކެއް ހެދިކަން ފަޅާއެރީ، ބަޔަކު އެ ގައުމުގެ މެރިން އެންޑް ކޯސްޓަލް ރިސޯސަސް ޑިޕާޓްމަންޓަށް މައްސަލައެއް ހުށަހެޅުމުން، އެކަން ބެލުމުން ކަމަސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހިޔާލު