Kaiveneege Dhauvathu Dhinumah Ranveer Aai Deepika Dhiumun Bhansali Ge Haassa Hadhiyaaeh
image
ދީޕިކާ އާއި ރަންވީރު އަދި ބަންސާލީ--
0 ކޮމެންޓް
 

ކައިވެނީގެ ދައުވަތު ދިނުމަށް ރަންވީރާއި ދީޕިކާ ދިއުމުން ބަންސާލީގެ ހަދިޔާއެއް

މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގުގެ ކައިވެނީގެ ހަފުލާއަށް އެދެ ފަރާތުގެ އާއިލާއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ބޮލީވުޑުން މިވަގުތު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެކައިވެނީގައި ދީޕިކާ އާއި ރަންވީރު ފެނިގެންދާނެ ގޮތެއް ބަލާލުމަށް އެމީހުންގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ. Dhiraagu
ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދީޕިކާ އާއި ރަންވީރު މިމަހުގެ 14 އަދި 15 ވަނަ ދުވަހު އެމީހުންގެ ކައިވެނީގެ ހަފުލާތައް އޮންނާނެކަން ރަސްމީކޮށް އިއުލާނުކުރިއިރު މިހާރު އަންނަނީ ކައިވެނީގެ ދައުވަތު ހާއްސަ ފަރާތްތަކަށް ދެމުންނެވެ. އެގޮތުން އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއެވެ.

އުމުރުން 33 އަހަރުގެ ރަންވީރާއި 32 އަހަރުގެ ދީޕިކާއަށް ބަންސާލީ ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން އެދެމީހުން އެކުގައި ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެން ގޮސްފައިވަނީ ބަންސާލީ ޑައިރެކްޓުކޮށް ނެރުނު ފިލްމު "ރާމްލީލާ" އެވެ. އަދި ދެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ ވެސް އެފިލްމުގައި މަސައްކަތްކުރުމަށް ފަހެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެފިލްމަށް ފަހު ބަންސާލީ ޑައިރެކްޓުކޮށް ނެރުނު ފިލްމު "ބާޖިރާއޯ މަސްތާނީ" އާއި "ޕަދްމާވަތު"ގައި ވެސް އެދެމީހުން މަސައްކަތްކޮށްފައިވެއެވެ. އެފިލްމުތަކަށް ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުން ލިބިފައެވެ.

އިއްޔެގެ ވަގުތެއްގައި އެދެމީހުންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމުގެ ދައުވަތު ދިނުމަށް ދީޕިކާ އާއި ރަންވީރު ވަނީ ބަންސާލީގެ ގެއަށް ގޮސްފައެވެ. އަދި ދެ ގަޑިއިރެއްހާއިރު އެގޭގައި ތިބުމަށްފަހު ނުކުތްއިރު ދީޕިކާގެ އަތުން ވަނީ ދީޕިކާ އެންމެ ފަހުން މަސައްކަތްކުރި ޕަދްމާވަތު ފިލްމުގައި އޭނާ ފެނިގެންދާގޮތުގެ ފްރޭމެއް ނުވަތަ އަލްބަމެއް ފަދަ އެއްޗެެއް ފެނިގެންގޮސްފައެވެ. ބެލެވޭ ގޮތުގައި އެއީ ބަންސާލީގެ ފަރާތުން އެމީހުންނަށް ލިބިގެންދިޔަ ހަދިޔާއެކެވެ.


ދީޕިކާ އާއި ރަންވީރު ކައިވެނިކުރަން ހަމަޖެހިފައިވަނީ އިޓަލީގައެވެ. ނަމަވެސް އިންޑިއާގައި ވެސް ވަރަށް ކުލަގަދަކޮށް ކައިވެނީގެ ހަފުލާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޮލީވުޑުގެ ތަރިންނަށް ހާއްސަކޮށް ޕާޓީއެއްވެސް މުމްބާއީގައި ބާއްވާނެއެވެ.
ހިޔާލު