Comedy Circus ge Liun Theria E show Dhookohlaifi
image
ރާޖް ޝާންދިލްޔާ.
0 ކޮމެންޓް
 

ކޮމެޑީ ސާކަސްގެ ލިޔުންތެރިޔާ އެޝޯ ދޫކޮށްލައިފި

މައްސޫރު ކޮމެޑީ ސޯއެއް ކަމަށްވާ 'ކޮމެޑީ ސާކަސް' ގެ ލިޔުންތެރިޔާ ރާޖް ޝާންދިލްޔާ އެޝޯ ދޫކޮށްލައިފިއެވެ.
ރާޖު ލިޔުންތެރިއެއްގެ ގޮތުގައި އެޝޯގައި މަސައްކަތް ކުރަމުން ދިޔައީ 2006 ވަނަ އަހަރުން ފެށިގެންނެވެ. ގިނަ ބަޔަކަށް ރާޖުގެ މަސައްކަތް ކަމުގޮސްފައިވާއިރު އޭނާވަނީ ޝޯގެ އާ ސީޒަން ފެށިތާ ދެހަފްތާ ފަހުން އެޝޯ ދޫކޮށްލާފައެވެ. ރާޖު ޝޯ ދޫކޮށްލާފައިވާކަން ކަށަވަރުކޮށްދިފައިވާއިރު އޭނާ ބުނީ ކެރިއަރު ފެށީ ކޮމެޑީ ސާކަސް އިން ކަމަށެވެ. އަދި އެންމެ ފަހު ސީޒަން އާ ހަމައަށް ލިޔުނު ކަމަށްވެސް ރާޖު ވަނީ ބުނެފައެވެ.

ރާޖު ބުނިގޮތުގައި އޭނާ އަށް އެޝޯއަކީ ވަރަށް ހާއްސަ ޝޯއެކެވެ. އެގޮތުން އާ ސީޒަނަށް އެއްބަސްވި ނަމަވެސް ފަހުން އޭނާއަށް ލިޔެފައި ހުންނަ އެއްޗެހި އެހާ ކަމުނުދާ ކަމަށް ހީވިކަމަށެވެ. އަދި ފިލްމާއި ޓީވީ އަދި ވެބް ސީރީޒް ތަކުގައި މަސައްކަތް ކުރުމަށް މިހާރު އޭނާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ތައާރަފް ކުރަން އުޅޭކަމަށް ރާޖު ވަނީ ބުނެފައެވެ. އަދި އެހެންވުމުން ޝޯ ދޫކޮށްލުމަށްފަހު އެކަމަށް ސަމާލުކަން ދޭން ބޭނުންވީ ކަމަށް ރާޖު ބުނެއެވެ.

ރާޖު ވަނީ ސިދާތު މަލްހޯތުރާ އާއި ޕަރިނީތި ފެނިގެންދާ ފިލްމު 'ޖަބަރިޔާ ޖޯޑީ'ގެ ވާހަކަ ވެސް ލިޔެފައެވެ. ފިލްމުގެ ޝޫޓިން މިހާރު ލަކްނައުގައި ކުރިއަށް ގެންދާއިރު އެފިލްމަކީ ކައިވެނިކުރަން އުޅޭ ފިރިހެންމީހާ ކިޑްނެޕްކުރުމުގެ މައްޗަށް ހަދާ ފިލްމެކެވެ.
ހިޔާލު