Kaivenyyah Fahu Ranveer Dhiriulheyni Deepika ge Geygatha?
image
ދީޕިކާ އާއި ރަންވީރު--
0 ކޮމެންޓް
 

ކައިވެންޏަށް ފަހު ރަންވީރު ދިރިއުޅޭނީ ދީޕިކާގެ ގޭގަތަ؟

މިމަހު ކައިވެނިކުރަން ނިންމާފައިވާކަން ރަސްމީކޮށް ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަޑުކޯނު އިއުލާނުކޮށްފައިވާއިރު އެދެމީހުން ކައިވެންޏަށް ފަހު ދިރިއުޅޭނީ ދީޕިކާގެ ގޭގައި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. dhi2
ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަ އަހަރުވެފައިވާއިރު ދެމީހުން ކައިވެނި ކުރަން ނިންމާފައިވަނީ މިމަހު 14 ވަނަ ދުވަހުއެވެ. ކައިވެނީގެ ހަޕްލާ ދެ ދުވަހަށް ދެމިގެންދާއިރު ޕާޓީ ބޭއްވުމަށް ނިންމާފައިވަނީ މިމަހު 21 ވަނަ ދުވަހު ބެންގަލޫރުގައެވެ. އެއީ ދީޕިކާ އުފަންވި އަވަށެވެ. އަދި އޭގެ ފަހުން ބޮލީވުޑުގެ ފަންނާނުންނަށާއި ހާއްސަ ރަހުމަތްތެރިންނަށް ރަނގަޅު ރިސެޕްޝަން ޕާޓީއެއް މުމްބާއީގައި ދިނުމަށް ވަނީ ނިންމާފައެވެ.

ދެފަންނާނުން ވެސް މިހާރު ދިރިއުޅުމަށް ގެއެއް ހޯދަމުންދާއިރު ރިޕޯޓުތައް ބުނާ ގޮތުގައި ރަންވީރު ގެއެއް ގަންނަން ބޭނުންވަނީ މޫދު ފެންނަ، ސަރަހައްދަކުންނެވެ. ނަމަވެސް އަދިވެސް އެމީހުންނަށް ކަމުދާ ގެއެއް ލިބިފައިނުވާތީ ކައިވެންޏަށް ފަހު ގެއެއް ލިބެންދެން ރަންވީރު ދިރިއުޅޭނީ ދީޕިކާ ދިރިއުޅެމުން އަންނަ ގޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެދެމީހުން ރަނގަޅު ގެއެއް ހޯދުމަށް އެހާ އަވަސް އަރުވާލައިގެން ނޫޅެއެވެ. އަދި ކައިވެންޏަށް ފަހު ދީޕިކާގެ ގޭގައި ރަންވީރު އުޅެން ނިންމީ ދެމީހުން ވާހަކަ ދެއްކުމަށް ފަހުއެވެ.

އެދެތަރިން ވެސް މިހާރު ދަނީ ކައިވެންޏަށް ތައްޔާރު ވަމުންނެވެ. އެގޮތުން މިމަހު ދެއަކުން ފެށިގެން ކައިވެނީގެ ރަސްމީޔާތުތައް ފަށާފައިވާއިރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ދެމީހުންގެ ކައިވެނީގެ ހަފްލާ އޮތީ އިޓަލީގެ ލޭކް ކޯމޯގައެވެ. ނަމަވެސް އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ދީޕިކާ އާއި ރަންވީރުގެ ޖޯޑަށް "ދީޕްވީރު" ގެ ނަން އެމީހުންގެ ސަަޕޯޓަރުން ދީފައިވާއިރު ދެމީހުން އެކުގައި ވަނީ ރާމް ލީލާ އާއި ޕަދްމާވަތް އަދި ބާޖިރާއޯ މަސްތާނީ ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.
ހިޔާލު