Iran ge Mahsalaagai America ge Inzaaru Ehen Qaumuthakah
image
ތެޔޮ އުފުލާ ބޯޓުތަކެއް
0 ކޮމެންޓް
 

އީރާނުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު އެހެން ގައުމުތަކަށް

ގައުމުތަކުގެ ކަނޑުގެ ސަރަހައްދަށް އީރާނުގެ ތެޔޮ އުފުލާ ބޯޓުތައް ވަނުމުގެ ހުއްދަ ނުދިނުމަށް އެމެރިކާއިން އިންޒާރު ދީފިއެވެ. dhi2
އީރާނާއި ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް ހޯމަ ދުވަހުން ފެށިގެން އަލުން އަޅާފައިވާއިރު، އެމެރިކާ އިން ވަނީ އެހެން ގައުމުތަކުގެ ބަނދަރުތަކަށްވެސް އީރާނުގެ ތެޔޮ ބޯޓުތައް ވަނުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށް އިންޒާރުދީފައެވެ.

އިންޒާރާއެކު އެމެރިކާއިން ބުނެފައިވަނީ އީރާނުގެ ތެޔޮ ބޯޓުތަކަށް ފުރުސަތު ދޭ ގައުމުތަކަށްވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުގެ އަސަރުކޮށްފާނެ ކަމަށެވެ.

އީރާނުގެ އަމަލުތައް އިސްލާހުކުރުމަށް އެގައުމާއި ދެކޮޅަށް އެޅެން ހުރި އެންމެ ވަރުގަދަ ފިއްތުންތައް ކުރިމަތި ކުރުވާނެ ކަމަށްވެސް އެމެރިކާއިން ދަނީ ބުނަމުންނެވެ.

އީރާނަށް އެމެރިކާއިން ހޯމަ ދުވަހު އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ 2015 ވަނަ އަހަރު އެމެރިކާ އާއި އީރާނާއި ދެމެދުވެވުނު ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އުވާލި ދަތިކުރުމުގެ ފިޔަވަޅުތަކެކެވެ.
ހިޔާލު